
އޭޕްރީލް 13، 2012 ދުވަހުގެރޭ ޝައިޚް އަޙްމަދު ސަމީރު ފުރުޤާން މިސްކިތުގައި ދަރުސް ދެއްވަނީ – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް
ދީނީ ދަރުސް ދިނުމުގެ ހުއްދަ ޤާނޫނީ ގޮތުން ލިބިފައިވާ ބޭފުޅުން ރާއްޖޭގެ މިސްކިތްތަކުގައި ދަރުސްދިނުމަށް ކައުންސިލްތަކުން އިތުރު ހުއްދައެއް ނަގަންނުޖެހޭނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިއަދު ވިދާޅުވީ، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން އެމިނިސްޓްރީން، ދީނީ ތަޤްރީރުކުރުމާއި ވަޢްޡު ބުނުމުގެ ހުއްދަ ދީފައިވާ ކޮންމެ ބޭފުޅަކަށް ރާއްޖޭގެ ކޮންމެ މިސްކިތެއްގައިވެސް ދަރުސްދެވޭނެ ކަމަށެވެ. އަދި ދަރުސް އިންތިޒާމްކުރާ ފަރާތަކުން އެދަރުސެއް މިވެނި މިސްކިތެއްގައި އޮންނާނެކަން ކައުންސިލަށް އެންގުމުން ފުދޭނެ ކަމަށެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެތެރޭގައި މިސްކިތްތައް މާލޭ ސިޓީ ކައުންސިލާއި ހަވާލުކުރިއިރު، އެކައުންސިލާދެމެދު ވެފައިވާ އެއްބަސްވުމުގައި ބުނެފައިވަނީ ހުއްދަ ނެތް ފަރާތަކުން މިސްކިތަތަކުގައި ދީނީ ނަސޭހަތްދޭނަމަ އެކަން ބަލައި ހުއްޓުވުން ކަމަށާއި، އިސްލާމިކް މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ މިސްކިތްތަކުގައި ދަރުސްދިނުން ފަދަ ކަންކަން އެހެން ފަރާތަކުން ބަލާގޮތަށް ހަވާލުކުރުމަކީ ވަރަށް ދަށު ދަރަޖައިގައި އޭރު ކޮށްފައިވާ ކަންކަން ކަމަށް ގަބޫލްކުރެއްވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެފަދަ ސިޔާސަތުތައް އަލުން ބަދަލުކުރުމުގެ މަސައްކަތްކުރައްވާނެ ކަމަށްވެސް މިނިސްޓަރ ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ފުރުޤާން މިސްކިތުގައި ބޭއްވި ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަށް ބަޔަކު ހުރަސްއަޅަން މަސައްކަތްކޮށްފައިވާތީ މިނިސްޓަރ ޝަހީމް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ އެބާވަތުގެ ޢަމަލުތައް ހިންގުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރުވެނުދިނުމަށް އެންމެހާ ފަރާތްތަކުން މަސައްކަތްކޮށްދެއްވުމަށް މިނިސްޓަރ ވަނީ އެދިލައްވާފައެވެ.
ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކޮށް، ޢާންމުކޮށް ދީނުގެ ޙުކުމްތައް ބަޔާންކުރަންވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކަމުގެ ހުއްދަ ދީފައިވާ މީހުން ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިސްކިތްތަކުގައި ދަރުސްދޭން ޖެހޭނީ އެކައުންސިލުން ދޫކުރާ ފޯމެއް ފުރައި އެކަމަށް ހުއްދަ ހޯދައިގެން ކަމަށާއި، ފަހަކަށް އައިސް ބައެއް ފަރާތްތަކުން އެހުއްދަ ނުހޯދައި މިސްކިތްތަކުގައި ދަރުސް ބާއްވަމުންގެންދާ ކަމަށެވެ.
އަދި އެކައުންސިލްގެ ހުއްދައާނުލައި މިސްކިތްތަކުގެ ސައުންޑާއި ކަރަންޓް ބޭނުންކޮށްގެން މިސްކިތްތަކުގައި ދަރުސްތައް ބޭއްވުމަކީ އޭގެ ސަބަބުން އާންމު މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށާއި، ކައުންސިލްގެ ހުއްދަ ނުހޯދާ މިސްކިތްތަކުގައި ދަރުސްދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅައިދިނުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މާލޭހިޔާ ކޮށީގައި ހުންނަ ފުރުޤާން މިސްކިތުގައި މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ޝައިޚް އިލްޔާސްގެ ދަރުސް ބާއްވާފައިވަނީ ސިޓީ ކައުންސިލްގެ ހުއްދަނެތި ކަމަށްބުނެ، އެދަރުސް ހުއްޓުވައިދިނުމަށް އެކައުންސިލުން ފުލުހުންނަށް ހުށަހަޅާފައިވެއެވެ. ނަމަވެސް، ފުލުހުން ދަރުސް ހުއްޓުވާފައެއް ނުވެއެވެ.
އެދަރުސް ފެށުމުގެ ކުރިންނާއި ދަރުސްކުރިއަށްދިޔައިރު އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް މިސްކިތް ކައިރިއަށް އެއްވެ ޝައިޚް އިލްޔާސާ ދިމާއަށް އަވަގުރާނަ ގޮވައި ހަޑިހުތުރު އެއްޗެހި ކިޔައި ހަޅޭއްލަވައި އަޑުގަދަކޮށް މިސްކިތުގެ ޙުރުމަތް ކަނޑާލައި ހަމަނުޖެހުން ހިންގައި ދަރުސަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފައިވެއެވެ.
އެހަމަނުޖެހުންތައް މައިތިރިކޮށްފައިވަނީ އެސަރަހައްދަށް ފުލުހުން ގޮސްގެންނެވެ. އެހަމަނުޖެހުންތަކާ ގުޅިގެން 5 މީހަކު ހައްޔަރުކުރުމަށްފަހު އޭގެތެރެއިން 3 މީހަކު ވަނީ ފަހުން ދޫކޮށްލާފައެވެ.
އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުންދާ ނޫރުލް އިސްލާމް ޖަމްޢިއްޔާގެ ފަރާތުން މިމަހުގެ ކުރީކޮޅު ހިތަދޫއާއި އަދި ގުޅިފައިވާ އަވަށްތަކުގެ މިސްކިތްތަކުގައި ޝައިޚް އިލްޔާސްގެ ސިލްސިލާ ދަރުސްތަކެއް ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ހުއްދައަށް އެދުމުން އެއިދާރާއިން ވަނީ އެކަމަށް ދެކޮޅުހަދާފައެވެ.
ނޫރުލް އިސްލާމް ޖަމްޢިއްޔާއިން މިމަހު 6 ގައި ފޮނުވާފައިވާ ސިޓީއަށް، ކައުންސިލްގެ އިދާރާއިން މިމަހު 9 ގައި ދީފައިވާ ޖަވާބުގައި ބުނެފައިވަނީ ޝައިޚް އިލްޔާސަކީ ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ ކަންކަމުގައި އުޅުއްވާ ބޭފުޅެއް ކަމަށާއި މިސްކިތްތަކުގައި އިލްޔާސް ދަރުސް ދެއްވާނަމަ މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް ހަމަނުޖެހުންތައް ހިންގަމުންދާނެކަމަށް ކައުންސިލަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި މިސްކިތްތަކުގައި ޝައިޚް އިލްޔާސްގެ ދަރުސްތައް ބޭއްވުމަކީ މަޞްލަޙަތު ހުރިކަމެއް ނޫންކަމަށާއި، ނަމަވެސް އޯޕަން ސްޓޭޖް ފަދަ އާންމުތަންތާގައި އެފަދަ ދަރުސްތައް ކުރިއަށްގެންދިއުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް، އެކައުންސިލުން ބުނެފައިވެއެވެ.
މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮންނައިރު، އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ.
އަދި އެދެކައުންސިލުންވެސް ވަނީ މިހާރުގެ ސަރުކާރު ޤަބޫލުނުކުރާ ކަމަށް ބުނެ މީގެ ކުރިން ބަޔާންވެސް ނެރެފައެވެ.
















ދީނީ ދަންނަބޭކަލުން އެންމެ ގިނައީ ސިޓީ ކައުންސިލުގާތަ؟ ބަޔަކަށް ދީނީ ހެޔޮ ނަސޭޙަތެއް ދާެން އުޅުނަސް މި ބާވަރުގަނޑަށް މިޔޮއްވާ ގޮތެއް… އިސްލާމިކް މިނިސްޓްރީ އޮންނަނީ ދީނީ ކަންކަމުގައި ބަސްބުނަން… މާލެ މާލެއަކަށް ވަނީ މަސާޖު ޕާލާ ހުރީމަދޯ…. ބޯހަލާކު.
މިރޭގެ މަޢްރިބް ނަމާދާއި އިޝާ ނަމާދު ތޮައިބާ މިސްކިތުގައި ޖަމާއަތުގަ ކުރުމަށް ހުއްދަ ހޯދަން ސިޓީކައުންސިލުން ހުއްދައަށް އެދޭ ފޯމެއްނަގަން އަވަހަށް މިދަނީ…
މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް، ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ” ފަހުޒަމާނުގައި، ވާހަކައިގައި ދެއުޅިއެއްނުވާ،މީހުން (ސަފީހު މޮޔައިން) ޤައުމުގެ ޢާއްމު ބޮޑެތި ކަންތައްތަކާއިބެހޭގޮތުން ވާހަދައްކައި ގޮތްކިޔާނޭ، އޭރުން ދެން ތިޔަބައިމީހުން ޤިޔާމަތަށް އިންތިޒާރުކުރާށޭ” ތިޔަބުނާ ސިޓީ ކައުންސިލުގައި ތިބި ޑީސަންޓު މީހުންނަށް އިސްލާމްދީނުގެ އަލިފުބާވެސް އެގޭތަ! ހަޖަމެއްނުކުރެވޭނެ..! ތިޔައީ ނަޝީދާއި އޭނާގެ އައުވާނުންގެ އަޞްލުޞިފަ.. ތިޔަބައިގަނޑަށް ރަނގަޅުވާނީ ބަނގުރާހަޓުތަކާއި ރަންޑީހާނާތައް…! ބުނަންތަ..! ބަޔަކު ކިތަންމެ ނުރުހުނަސް ﷲ، އެއިލާހުގެ ދީނަށް ނަޞްދުދެއްވާނެ!
މިއުޅޭ އަނެއްފިކުރުގެ ލާދީނީ މީހުން ދިރިއުޅެފައިވާ ޣައިރު މުސްލިމް ސޮސައޓީ ފަދައިން މުސްލިމް ކޮމިއުނިޓީއަކީވެސް އެފަދަ ސޮސައިޓީ އެއްކަމަށް، އެތަންތާގައި ހުންނަގޮތަށް ހުންނަ އެލިމެންޓް ތަކެއްކަމަށް މިސްކިތްވެސް، ޗާޗް ފަދައިން ކުޅެން ހުންނަތަނެއްކަމަށްތަ ހީކުރަނީ؟
ދަރުސު ދިނުމަށް ހުއްދަ ދިނުމާއި ވަކި ތަނެއްގައި ދަރުސު ބޭއްވުމަށް އެދި ހުއްދަ ހޯދުމާ މިއީ ދެކަމެކެވެ. ދެން އަނެއްކޮޅުން މިހާރު ޤާނޫނީ ގޮތުން މިސްކިތްތައް ބަލަހައްޓަނީ ކައުންސިލުން ކަމުގައިވާ އިރު އެތަނުގެ ހުއްދައަކާ އެކު މިސްކިތުގައި ހަރަކާތް ބާއްވަން އެތަނުން އަންގާނަމަ، ދީނީ ގޮތުންވެސް އަޅުގަނޑަށް ހީވާނީ އެހުއްދައެއް ހޯދަން ޖެހޭނެ ކަމަށެވެ.
ސިޓީކައުންސިލުން މިހާރުވެސް މިސްކިތްތަކުގަ މިއުޒިކު ކުޅެން ހުއްދައަކަށް އެދިބަލަ. އެކަމަށް ހުއްދަދޭނެ، ބަލަ ﷲ ގެ ނޫރުފުޅު ކިތަންމެ ބަޔަކު ދެކޮޅު ހެދިޔަސް ފުރިހަމަކުރައްވާނެ. އެކަލާނގެ ދީން ފަތުރަން މަސައްކަތް ކުރުމުގެ ހުއްދަ ސިޓީކައުންސިލުން ދޭކަށް ނުޖެހޭނެ. ﷲ އެހުއްދަ ވަނީ ދެއްވާފައޭ.