
އިސްލާމިކް އެފެއާޒް މިނިސްޓްރީއާއި މުސްލިމުންގެ ގުޅުން ޖަމްޢިއްޔާއާ ގުޅިގެން ބޭއްވި މަޢުލޫމާތުދިނުމުގެ ބައްދަލުވުމެއްގެ ތެރެއިން – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް
ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދަމުންދާ މީހުންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން މިއަދު ވޯކްޝޮޕެއް ހިންގައިފިއެވެ.
މިވޯކްޝޮޕް ހިންގާފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި އެންޑީއޭ ގުޅިގެންނެވެ.
އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނިގޮތުގައި، މިވޯކްޝޮޕްގެ މަޤްޞަދަކީ ދަރިން ހެޔޮގޮތުގައި ތަރުބިޔަތުކުރުމުގެ އަހަންމިއްޔަތުކަމާއި، މައިންބަފައިންގެ ޒިންމާތަކާއި ވާޖިބުތަކަށް ހޭލުންތެރިކުރުމާއި އަދި މަސްތުވާތަކެއްޗާ ބެހޭގޮތުން ދީނީ ހޭލުންތެރިކަން އިތުރުކުރުމެވެ.
ވޯކްޝޮޕްގައި މަޢުލޫމާތުދެއްވާފައިވަނީ، އައްޝައިޚް ޢިއްޒުއްދީން ޢަދުނާނާއި، ޢަބްދުﷲ ފަސީޙާއި، ޢަލީ އަދީބާއި، ނަޒީރާ ޢަބްދުއްރަޙްމާން އަދި ރަޝީދާ ޢަބްދުﷲ ކަމަށް މިނިސްޓްރީން ބުނެއެވެ.
ވޯކްޝޮޕް ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި މިއަދު މެންދުރު 13:00 ން ފެށިގެން ހަވީރު 17:00 އަށެވެ.
އިސްލާމިކް އެފެއާޒް މިނިސްޓްރީއާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން މިފަދަ ވޯކްޝޮޕްތަކާއި ސެމިނަރތައް މީގެ ކުރިންވެސް ހިންގާފައިވެއެވެ.
















އަޅުގަޑުމެން މިއަދު މިހީކުރަނީ އަދި ޤަބޫލު ކުރެވެނީ ޢައިރު މުސްލިމު މުޖުތަމައުގައި ހުންނަ ހުރިހާ މުއައްސަސާއެއް އިސްލާމީ މުޖުތަމައުގައިވެސް ހުންނަންޖެހޭނެކަމަށް ވެއްޖެއްޔާ މީވަރަށް ބޮޑު ކުންހީއެއް އެހެންކަމަށް ވާނަމަ އިސްލާމީ މުޖުތަމައު އާއި ޢައިރު މުސްލިމު ޖުތައުގެ ތަފާތަކީ ކޮބައިބާ؟ އިސްލާމީ މުޖުތަމުއިން ފެންނަންނުޖެހޭ ކަންކަން މިއަދު މިބައިމީހުން އަމިއްލަޔަށް އުފައްދައިގެން އުޅެނީ މާއްދީ އިންސާނީ ވަސީލަށްވެސް ނެތި!
ދިވެހިރާއްޖޭގައި ޑުރަގު އެޖެންސީ އެއް ހުންނަން ޖެހޭބާ؟ ޢައިރު މުސްލިމު މުޖުތަމައު ގައިހުންނަ ހުރިހާކަމެއް މުސްލިމް މުޖުތަމައައް ގެނަން ޖެހޭބާ؟ ޑުރަގު އެޖެންސީއެއް ހުރުމުގެ މާނަޔަކީ މިތާ ޑުރަގުވެސް ބޭނުންކުރަން ވެސްއެބަޖެހެޔޭ ނުންތޯ؟ ޑުރަގު އެޖެންސީގެ މާނަޔަކީ ޑުރަގު ބޯން ހިއްވަރު ދިނުން ނޫންތޯ؟