ރާއްޖޭގެ ޚަބަރު

މިސްކިތްތަކުގައި ޝައިޚް އިލްޔާސްގެ ދަރުސްތައް ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ދެކޮޅުހަދައިފި

ޝައިޚް އިލްޔާސް ޙުސައިން ދަރުސެއް ދެއްވަނީ – ދިއިސްލާމް ފޮޓޯ : ޢަބްދުﷲ ޝަފީޢު އިހްސާން

އޭޕްރީލް 20، 2012 ދުވަހުގެރޭ އަލިމަސް ކާނިވަލުގައި ބޭއްވި "ތަވްޙީދު" ދަރުސްގައި ޝައިޚް އިލްޔާސް ޙުސައިން ތަޤްރީރުކުރައްވަނީ – ދިއިސްލާމް ފޮޓޯ : ޢަބްދުﷲ ޝަފީޢު އިހްސާން

އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުންދާ ނޫރުލް އިސްލާމް ޖަމްޢިއްޔާގެ ފަރާތުން ހިތަދޫއާއި އަދި ގުޅިފައިވާ އަވަށްތަކުގެ މިސްކިތްތަކުގައި ޝައިޚް އިލްޔާސް ޙުސައިންގެ ސިލްސިލާ ދަރުސްތަކެއް ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ހުއްދައަށް އެދުމުން އެއިދާރާއިން އެކަމަށް ދެކޮޅު ހަދައިފިއެވެ.
ނޫރުލް އިސްލާމްގެ ނައިބު ރައީސް އިބްރާހީމް ޝަމީލް މިރޭ "ދިއިސްލާމް"އަށް ވިދާޅުވީ ސިޓީ ކައުންސިލުން އެހުއްދަނުދިނުމަށް އެދައްކާ އުޒުރަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ނޫރުލް އިސްލާމް ޖަމްޢިއްޔާއިން މިމަހު 6 ގައި ފޮނުވާފައިވާ ސިޓީއަށް ކައުންސިލްގެ އިދާރާއިން މިމަހު 9 ގައި ދީފައިވާ ޖަވާބުގެ ކޮޕީއެއް "ދިއިސްލާމް"އަށް ވަނީ ލިބިފައެވެ. އެޖަވާބުގައި ބުނެފައިވަނީ ޝައިޚް އިލްޔާސަކީ ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ ކަންކަމުގައި އުޅުއްވާ ބޭފުޅެއް ކަމަށާއި މިސްކިތްތަކުގައި އިލްޔާސް ދަރުސް ދެއްވާނަމަ މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް ހަމަނުޖެހުންތައް ހިންގަމުންދާނެކަމަށް ކައުންސިލަށް ޤަބޫލުކުރެވޭ ކަމަށެވެ.
"...މިސްކިތުގެ ބޭރުގައި މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް ހަމަނުޖެހުންތައް ހިންގަމުންދާނެކަމަށް ކައުންސިލަށް ޤަބޫލުކުރެވޭތީ މިސްކިތްތަކުގައި ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސްތައް ބޭއްވުމަކީ މަޞްލަޙަތު ހުރިކަމެއް ނޫންކަމުގައި ދަންނަވަމެވެ. ނަމަވެސް އޯޕަން ސްޓޭޖް ފަދަ އާންމުތަންތާގައި އެފަދަ ދަރުސްތައް ކުރިއަށްގެންދިއުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ދެންނެވީމެވެ." އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް (ސޯބެ) ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.

ޝަމީލް ވިދާޅުވީ ޝައިޚް އިލްޔާސަކީ މީގެ ކުރިންވެސް އައްޑޫގެ އަވަށްތަކުގެ މިސްކިތްތަކުގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައިވެސް ދަރުސްތައް ދެއްވާފައި ބޭފުޅެއް ކަމަށާއި އެއިން އެއްވެސް ދަރުސެއް ކުރިއަށްދިޔައިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށެވެ.
އަދި އެމައްސަލައިގައި ކައުންސިލްގެ އިދާރާއާ އިތުރަށް މަޝްވަރާކުރަން އެޖަމްޢިއްޔާއިން ނިންމާފައިނުވާ ކަމަށާއި އެއީ ކައުންސިލުން އެތަނުގެ ސްޓޭންޑް ބަދަލުކުރާނެ ކަމަށް ޤަބޫލުނުކުރެވޭތީ ކަމަށެވެ. ނަމަވެސް ކައުންސިލުން އެކަމާމެދު މަޝްވަރާކުރަން އެދިއްޖެނަމަ މަޝްވަރާކުރަން ތައްޔާރަށް ތިބިކަމަށެވެ.
އަދި އެމައްސަލަ އިސްލާމިކް އެފެއާޒް މިނިސްޓްރީއަށާއި ކައުންސިލްތަކުގެ ބަލަދުވެރިޔާ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅަން އެޖަމްޢިއްޔާއިން މިހާރު ނިންމާފައިވާ ކަމަށްވެސް ޝަމީލް ވިދާޅުވިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު އަޙްމަދު ޠައްޔިބު "އައްޑޫ އޮންލައިން"އަށް ވިދާޅުވެފައިވަނީ ސިޓީ ކައުންސިލުން އިލްޔާސްގެ ދަރުސް ދެއްވުން މަނާކުރީ ނޫން ކަމަށާއި މިދުވަސްވަރު ސިޔާސީ މަސްރަހަށް ބަލާފައި އިލްޔާސް  މިސްކިތެއްގައި ދަރުސް ދެއްވުމަކީ މިސްކިތުގެ ބޭރުގައި ބަޔަކު ހަމަނުޖެހުން ހިންގާފާނެކަމަކަށް ވެދާނެތީ އެކަމަށް ހުއްދަނުދިނީ ކަމަށެވެ.
"އަޅުގަނޑު ދެންނެވިން މިސްކިތް ފިޔަވައި ސްކޫލެއްގެ ހޯލު ނުވަތަ އޯޕެން ސްޓޭޖެއްގައި ވެސް ދަރުސް ދެއްވެވިދާނެއޭ. އެއީ މިދުވަސްވަރުގެ ސިޔާސީ މަސްރަހަށް ބަލާފައި އެހެން ދެންނެވީ. އިލްޔާސަކީ ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަދައްކަވާ ބޭފުޅަކަށް ވުމުން މިސްކިތުގައި ދަރުސް ދެއްވަނިކޮށް ބަޔަކު ގޮސް އަޑުގަދަކޮށް މުޒާހަރާ ކުރުން ފަދަ ކަމެއް ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވެދާނެތީ އެގޮތަށް ހުއްދަ ނުދިނީ" ތައްޔިބު ވިދާޅުވެފައިއެވެ.

ގުޅުންހުރި

22 ޚިޔާލު

  1. އަޅުގަނޑު ގަބޫލު ކުރާގޮތުގައި ދީނާސިޔާސަތު ވަކިނުކުރެވޭނެކަމެވެ، ރާއްޖޭގެ ލޮބުވެތި މުސްލިމު ދިވެހި ރައްޔިތުން ވެސް މިކަން ގަބޫލުފުޅު ކުރައްވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން
    ސިޔާސީޕާޓީ ތަކާއި ތިމާ ތާއީދު ކުރާ ސިޔާސީ ލީޑަރަކަށް ވިޔަސް ، ތިމާގެ އާއިލާގެ މީހަކަށް ވިޔަސް ތިމާ އެންމެ ލޯބިވާ މީހާކަމުގައި ވިޔަސް ކަމެއް ގޯސްކޮށް ކުރަންޏާ ، އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ގޯސް ކޮށް ކުރާ އަމަލެއް ހުއްޓުވޭތޯ ބެލުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް، ވަކިސިޔާސީ ފިކުރެއްގެ ބަޔަކު ނިކުމެ ދީނާއި ހިލާފު ކަމެއް ކުރަންޏާ ޝައިޚް އިލްޔާސް ވެސް އެކަމެއް ފާހަގަ ކުރައްވާނެ ، އެއީ އަދި ސިޔާސީ ވުމެއް ނޫން ، އެއީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާ ކުރުން

  2. މިސްކިތްތައް އިސްލާމިކް އެފައަރޒުން ބޭރުކޮށް ލުމުގެ ނަތީޖާ ތިޔަދަނީ ފެންނަމުން، ދެން ވެރިކަމަށް އަންނަ ބައެއްގެ ވިސްނުން ހުރިގޮތަކަށް މިސްކިތް ދެންގެންދާނީ ﷲ އެއްކައުވަންތަކުރުމުގެ މަރުކަޒުތަކަށް ވުމުގެ ބަދަލުގައި ކައުންސަލަރުންގެ ހާމާނުވަންތަކަށް ދައްކާނެ ފުރުޞަތު އެއޮތީ ކުރީގެ ސަރުކާރުން ފަހިކޮށްދީފައިވިއްޔާ، ދެންވާނީމިހެންނެވެ. ދެން، އެމްޑީޕީ ރީދޫ ރީދޫ، ފެންފޯން ކިޔަކިޔާ ތިބޭށެވެ.

  3. މިއަދުގެ ދަރިން މައިންބަފައިންނަށް ވުރެ ވުރެ މާސުމާޓް، މައިންބަފައިންދަރިންނަށް ވުރެ ސުމާރްޓް ނުވެ ދަރިން ތަރުބިއްޔަތެއް ނުކުރެވޭނެ، ޒަމާނާއި އެއްވަރަށް މައިންބަފައިންގެ ސިކުޑިވެސް ތަރައްޤީ ވާންއެބަޖެހޭ އެހެން ނުވާނަމަ ދަރިން މިސްޓެކު ހެދުން ވަރަށް ކާރި؟

  4. ތިއައްޑު ކައުންސިލް އުވާލން ހައިކޯޓަށް ހުށަހަޅަން ވީނުންތޯ؟ އިސްލާމް ދީނަ ޖެއްސުން ކުރާ ކައުސެލިން ތަކެއް ތިބޭކަށެއް ޤާނޫނު ތަނެއް ނުދޭ! ކައުންސެލިންގެ އަސްލު މަޤުސަދެއް ހާސިލެއް ނުވޭ، ކައުންސެލް އުޅެނީ ވަކިދައުލަތެއް އުފައްދައިގެން ޤާނޫނު އަސާސީން ބޭރުވެގަނެގެން!

  5. އެމްޑީޕީ ޖާހިލުންގެ ވިސްނުމަކީ ދީނާއި ދައުލަ ވަކިކުރުން، ބަލަ ސިޔާސީ މީހުން ދީންވެރިވާކަށެއް ނުޖެހެނީބާ؟ ބަލަ އިސްލާމް ދީނަކީ ދިވެހިދައުލަ، ދިވެހި ދައުލަތަކީ އިސްލާމް ދީން، މީ ވަކި ނުކުރެވޭނެ އެކަޗެއް އެމްޑީޕީ ގައި ގިނައީ އިސްލާމް ދީނަށް ލޯބިކުރާ ޖާހިލުން އެހެން ވީމަ މިހެން ވަނީ!

  6. ޝޭޙުންތަށް ވެސް އެމްޓީޕީ ޓީމަށް ކުޅެ ގޯލް ޖެހިދުވަހު އެވަރެއް ނެއް، މިއަދު އެމްޓީޕީ އާއި ދެކޮޅަ ކުޅޭތީ ކަމުނުދަނީ މިހާރުވެސް އެމްޑީޕީ ކޮޅަށް ކުޅެން ފަށާބަލަ އެވަރެއް ނުހުންނާނެ، ހަމަ މަވަރަށް މަޅުކުރަން އެމްޑީޕީވެސް އުޅޭނެ، އަޅެމީ ދޮގެއްތަ؟ ތިބާގެ އުނި އައިބު ތިމާޔަށް ފެންނަ ނަމަ ތިބާވެސް މަވެސް އަބަދު ކުޅޭނީ އެއްކޮޅަ އޭރުން ގޯލް ޖަހަން ފަސޭހަވެ ގިނަ ގޯލްވެސް ޖެހޭނެ، ދިވެހިން އެންމެން އެއްކޮޅަ ކުޅެންވީނުންތޯ؟ އޭރުން ގިނަ ގޯލްވެސް ޖެހޭނެ!

  7. ދީނާ ސިޔާސަތު ވަކިކުރުން މިއީ ވަރަށް ނުރައްކާތެރިކަމެށް ސަންގެ ނޫސްވެރިންނަށް މިކަން ހަޖަމު ނުވެގެން މިއުޅެނީ ކީއްވެބާ އަދި އެހެން ނޫސްތަކުންވެސް ދީނާ ސިޔާސަތު ވަކިކޮށް ސިޔާސަތަކީ ހަމައެކަނި ވަޟުއީ ޤާނޫނުގެ މައްޗަށް ބިނާވެފައިވާ އެއްޗެއްކަމުގެ ފިކުރު ފެތުރުންމީ ވަރަށް ހިތާމަކުރަންޖެހޭ ކަމެށް.

  8. އެއްވެސް ގޮތަކަށް އިސްލާމްދީނަށް ހުރަސް އެޅޭގޮތަކަށް ބުދުދީނުގެ ކައުންސިލަކުން މަސައްކަތް ކުރާނަމަ އެކަމާ މުސްލިމުން ހަނގުރާމަކުރަންޖެހޭނެ

  9. ތިޔަ ބައިގަޑުގެ މީހުންނަކީ ހަމަ އެކަނި ލާދީނީ ބަޔަކީއެއް ނޫނެވެ. އިސްލާމީ އަގީދާ ބަލިކަށިކޮށް ވެވުނު ވަރަކުން އިސްލާމް ދީނާއި އިދިކޮޅަށް މަސައްކަތް ކޮށް ރާއްޖެއިން އިސްލާމް ދީން މުޅިން ނައްތާލަން މަސައްކަތް ކުރާ ބައިގަޑެއްކަން މިހިރަ ހާމަވަމުން ދަނީއެވެ. އެކަމަކު ހިތާމައަކީ އަދިވެސް މިހީހުންގެ ހިމާޔަތުގައި ވާނުވާނޭނގި ތިބި ބަޔަކު އައްޑޫގައި ވެސް ތިބި ކަމެވެ.

  10. އަހުރެން އަޖައިބުވަނީ ބުދުބެހެއްޓި މީހުންގެ ގާތުން އިސްލާމްދީނުގެ ދަރުސެއް ދޭން ހުއްދަހޯދަންޖެހޭތީ! ކޮންކައުންސިލެއްތަ އުވާލާ

  11. ތިޔަ ސިޓީ ކައުންސިލް އުވާލަންވީ. ބޮޑު އުދަގުލެއް ކަހަލަ ބައެއް

  12. mee varah hithaama huri kanmeh.. dheenee dharus dhinumah huhdhah nudhinumuh engigen dhanee, emeehunge hithugai islam dheenah loabi nehkan

  13. ޠައްޔިބު މެންނަކީ، ބޮޑު ހުޅުގެ ކަންތަކުގައިވެސް، އެކަމުގެ އަޑީގައި ތިބި ކަމަށް ތުހުމަތު ކުރެވޭ، އަދި އެކަމަށް ހައްޔަރު ވެސް ކުރެވުނު މީހުން. އެމީހުން މިހާރު ވިސްނަނީ ޝޭޚް އިލްޔާސްގެ ދަރުސް ދޮށަށް ގޮސް މުޒާހަރާ ކުރަން. ތިމާމެންގެ އަތުގައި ފައިސާ ހުރީތީ މީހުން އެއްކޮށް މުޒާހަރާ ކުރުވަން. މިސްކިތް ދޮށުގައި އެކަން ކުރުމަށް ތަންކޮޅެއް އުނދަގޫވާނެތީ އާއި ރައްޔިތުން ބަލައި ނުގަންނާނެތީ، އޯޕަން ސްޓޭޖޭ ކިޔަނީ… އޭރުން އަނެއްކާވެސް ހުޅުޖަހައި މުޒާހަރާ ކުރެވޭނެތާ… ﷲ އިރާދަ ކުރެއްވިއްޔާ، ޠައްޔިބު މެންގެ ދުވަސް ދެން ތިޔަ ދަނީ….

  14. އެމްޑީޕީ މީހުންވިއްޔާ އެންމެރަގަޅު މިސްކިތުގެ ކައިރީގައި ތާޅަފިލި ބަހހަށް ޓައިގެން ބާގީ ބާގީ ގޮވަންވެސް އެއީ މިސްކިތުގެ ހުރުމަތް ކެޑުމެއްނޫންދޯ އިރާދަކުރެއްވިއްޔާ މިގައުމަކުން ދީނީދަރުސެއްވެސް ނުހުއްޓުވެޭނެ ސޯބެ އަށްދައްނަވައިލަންއޮތީ ތިމާމެންގެ ވެރިކަންވެއްޓުނު ގޮތުގެ ރަންގަޅު ދިރާސާއެއްކޮށްބަލާށެވެ. ތި ކައުންސިލަކީ އެމްޑީޕީ މީހުންގެ މިލްކެއްތޯ؟؟؟

  15. މިސްކިތު ބޭރުގައި ހަމަނުޖެހުން ހިންގަފާނަތީ މިބައިގަނޑު ކަންބޮޑުވަނީ. އޯޕަން ސްޓޭޖް ދޮށުގައި ނުވަތަ ސްކޫލު ހޯލުތެރޭ ތަޅާމެރިޔަސް ހެޔޮ. އެއްޗެކޭކިޔައިގެން ދަރުސް ނުދެވޭނެ ގޮތެއްހެދޭތޯއެންނު ތިތެޅެނީ. އަމުދަކުން ކަލޭމެން ލާދީނީ ސުންޕާއިން ފިޔަވައި ހަމަނުޖެހުން ހިންގަންއުޅޭ ބަޔަކު ނޫޅެ. ތިޔައީ ޝައިތާނާގެ ބައިވެރިން. އެސޮރު މަސައްކަތް ކުރަނީ ތިފަދަގޮތަކަށް. ހޭބަލިނުވެބަލަ.

  16. އަޖާބެއްފަހެ މީހަކުނުވާނެތަ އެމްޑީޕީ އަށް ނިސްބަތްވާ މީހުން ބަންޑާރަ މިސްކިތް ކައިރިއަށް އެއްވެ ހަޅޭފަޅޭ ލައްވާއިރު ނުވޭކަމެއް. އެކަމަކު ބަޔަކު ދީނީ ދަރުސެއް ދިނުމަށް އެދި މިސްކިތް ކުޑަވަގުތުކޮޅަކަށް ދޭން އެދުމުން އެމީހަކީ ސިޔާސީ މީހެކޭ ނުވަތަ ކާހިނެކޭ ނުވަތަ ޝާއިރެކޭ ބުނެ އޮއްބާލަނީ ކީއްވެގެންތޯ؟ ބަލަގަ މައްކާގެ މުޝްރިކުންވެސް ދެއްކި ތިޔަކަހަލަ ހުއްޖަތޭ! ހަދާނުގައި ބަހައްޓާ ދީނާ ސިޔާސަތަކީ އެކައްޗެއްކަން އެމްޑީޕީގައި ތިބި ލާދީނީ މީހުންނަށް ހަޖުމުކުރެވުނަސް ނުކުރެވުނަސް ކަން އޮތީ މިހެން

  17. އެ ޖާހިލުންނަށް ﷲ ހެޔޮވިސްނުން ދެއްވާށި.. އެ މީހުންނަށް ހެޔޮ ނުބައި ހަމަ ނުވިސްނެނީ..

  18. އަސްލު ކައުންސިލުން މިގޮތަށް ޖަވާބުދިނުމުގެ ބޭނުމަކީ، މިސްކިތުގައި ދަރުސް ދިނުމުން އެމް.ޑީ.ޕީ. މީހުނަށް ހަޅޭއްލަވަން ދާން ޖެހިލުންވުން. އޯޕަން ސްޓޭޖުގަ ދަރުސް ބޭއްވުމުން އެމީހުން ގޮސް އެތަނުގަތިބެ ހަޅޭއްލަވާ އަނގަޔަށްއައިހާ ވިޔާނުދާ އެއްޗެއް ގޮވުމުގެ ފުރުޞަތު ހޯދުން…

  19. ލަފާކުރެވޭ ގޮތުން މިމީހުނަށް ނުވިސްނިގެން އުޅޭ އެއްކަމަކީ ތިމާމެން ގުންފައި ޖަހާފައި ބޮޑާވެގަނެގެން މި ހިގާ އުޅެނީ ﷲ ގެ ބިމުގައިކަމެވެ. ބަލަ މާތް ﷲ ގެ ދީން މަތިވެރިކުރަން އުޅޭ މީހުނަށް ހުރަސްއަޅާފަ މިބިން ދޫކޮށްލަން ޖެހުމުން ދެން ދާން އޮތީ ކޮންތަނެއް ހެއްޔެވެ. ނަޝީދު އަޅާދީފައި ހުރި ގަޑުވަރަކަށްހެއްޔެވެ. ނޫނެކެވެ. ވަންނަންޖެހޭނީ ބިމުއަޑިއަށެވެ. އެތަނުގައި އޮންނާނީ އަނދިރިކަމާއި، ނާމާންކަމާއި، ބިރުވެރިކަމެވެ. އެ ނުބައިވެގެންވާ ތަނުން ސަލާމަތްކަމެއް އޮތީ މާތް ﷲ ގެ އެންގެވުންތަކަށް އިޚްލާޞްތެރިކަމާއިއެކު ބޯލަނބައި ކިޔަމަންވެގެންނެވެ. އެއްގޮތަކަށް ވެސް މުހައްމަދު ނަޝީދަށް އިޚްލާޞްތެރިވެގެންނެއްނޫނެވެ. މީހާރު ތި އިޚްލާޞްތެރި ވެވެނީ އޭނާއަށެވެ. ތިމާމެންނަމީ ޝައިޠާނާގެ ބައިވެރިންކަމުގައި ނުވާށެވެ.

  20. އިލިޔާސް އަކީ މުސްލިމެއް ދަރުސް އަޑުއަހަށް ދާނީ މުސްލިމުން މިސްކިތުގައި ދަރުސްދޭކަ ކައުންސިލު ގެ ހުއްދަ ކޮއްމެހެން ނަގާކަށް ނުޖެހޭ؟ މިސްކިތްތަކުގައި މުސްލިމުންނަށް ދަރުސް ދެވެން ޖެހޭނެ އަދި އަޑުވެސް އަހަންތިބެވެން ޖެހޭނެ! ދަރުސް އަޑުނާހާ ބޭރުގަވިއަސް އެތެރޭގައި ވިއަސް އަޑުގަދަ ކުރާނީ ޔަހޫދީ މިއްލަތަށް ތަބާވާ މީހުން ކައުންސިލަށް އޮތް ޒިމާއަކީ ނުވަތަ ކުރަންޖެހޭ ކަމަކީ މިއަޑުގަދަ ކުރާ މީހުންތައް ކަމާގުޅޭ މުއަށްސަސާ ތަކަށް އަންގައިގެން ހައްޔަރުކުރުން! ތިމާޔަށް މަގާމެއް ލިބުމުން މަގާމުގެ ހުރުމަތަށް ނުބަލާ އުޅެށްދިމާކުރާ ކޮއްމެމީހެ ފިސާރި އަވަހަށް ގެއްލިމިދާނޭ؟

  21. މުޅިސިޓީގާ ބުދުބެހެއްޓީ ތިބުނާ ކައުންސިލަކުން ދެންއެމީހުން ކައިރިޔަށްގޮސް ދީނީދަރުސް ބާއްވަން މިސްކިތް ދޭށޭ ބުންޏަސް ނުދޭނެކަންމާރަގަޅަށްވެސް އެނގެންވާނެ މަށަށް ކަމުނުދިޔައީ ހުއްދަހޯދަންދިޔައީމަ…. ﷲ މިންވަރުފުޅުން ތިސިޓީކައުންސިލްގަ އެކަމާދެކޮޅުހެދިމީނުންނަށް ދަތި އުދަގޫ ދުވަސްތަކެއްދައްކަވާށި އާންމީން

  22. ކޮންމެއަކަސް މިމީހުން ކިތަންމެ ރަގަޅަކަށް ވެސް އިސްލާމް ދީނުގެ ޙުރުމަތް ކަނޑައިފިއެވެ. މިމީހުނަށް ބޭނުންވާނީ ދީނީގޮތުން ހޭލުންތެރިކަން ކުޑަ ރައްޔިތެކެވެ. ސަބަބު ކިތަންމެހާވެސް ސާފެވެ. މިމީހުންނަކީ ދީނަށް ލޯބި ނުކުރާ، ދީނީ ކަންކަމަށް ބީރައްޓެހި ބައެކެވެ. ދީނުގައި އޮތް ގޮތަށް ދީނީ ޢިލްމުވެރިޔަކު ވާހަކަދައްކައިފިނަމަ، އެވާހަކައަކީ މިމީހުން ކިޔާ އެއްޗަކާއި ފުށުއަރާ ވާހަކަ އަކަށް ވެގެންދެއެވެ. ވީމާ މިމީހުން ބޭނުންވާނީ މިމީހުން ކިޔާ ކޮންމެ އެއްޗަކަށް “އާދެ! މަސާހިބު” ކިޔާވައްތަރުގެ މީހުންނެވެ. އޭރުން މިމީހުން ބޭނުންވާ ގޮތަށް ފަތުވާތައް ނެރެވޭނެއެވެ.

Your email address will not be published. Required fields are marked *