ރާއްޖޭގެ ސިޔާސީ މަސްރަޙް ދެން ހަމައަކަށް އެޅޭނީ ކުރީގެ ދެރައީސުންކަމަށްވާ މުޙައްމަދު ނަޝީދާއި މައުމޫން ޢަބްދުލް ޤައްޔޫމް ސިޔާސީ މަސްރަޙުން އެކީއެކައްޗަކަށް އެކަހެރިވަޑައިގަތުމުން ކަމުގައި މަޤާމުން ދުރުކޮށްފައިވާ އެމްޑީޕީގެ އިންތިހާބީ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުންނެވެ.
"ދެން މިރާއްޖޭގެ ސިޔާސީ މަސްރަހް ހަމައަކަށް އެޅޭނީ، ދެން މިރާއްޖޭގެ ޕޮލިޓިކްސް ބެލެންސްވާނީ ރައީސް ނަޝީދާއި ރައީސް މައުމޫނާ ދެބޭފުޅުން ސިޔާސީ މަސްރަހުން އެކީއެކައްޗަކަށް އެކަހެރިވަޑައިގަތުމުން." އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ މައުމޫން ނުވަތަ ނަޝީދު ވިދާޅުވާހާގޮތަކަށް އެއްބަސްވެ ކަންތައްކުރުމުގެ ސަގާފަތު ނުވަތަ ފިކުރަކީ ނައްތާލަންޖެހޭ ކަމެއް ކަމަށެވެ. އަދި އޭނާ ރާއްޖޭގެ ސިޔާސީ މަޤާމަކަށް އިންތިހާބުވާން ޖެހޭނީ ރައީސް ނަޝީދުގެ ނުވަތަ ރައީސް މައުމޫންގެ ރުހުން އޮވެގެން ކަމަށް ޤަބޫލުނުކުރާ ކަމަށެވެ.
އެމްޑީޕީގެ އިންތިހާބީ ރައީސް ޑރ. އިބްރާހީމް ދީދީއާއި ނައިބް ރައީސް އަލްހާން މަޤާމުން ދުރުކޮށްފައިވަނީ އެބޭފުޅުންނަކީ އެމްޑީޕީއަށްހުރި ކެންސަރެއްކަމަށްވުމުން ކަމަށް ސިފަކުރައްވާ، ރައީސް ނަޝީދުގެ ސަރުކާރުގައި އެންވަޔަރަންމަންޓް މިނިސްޓަރުކަން ކުރެއްވި މުޙައްމަދު އަސްލަމް މީޑިއާގައި ވާހަކަދައްކަވާފައިވާތީ، އެކަމާގުޅޭ ގޮތުން ސުވާލުކުރުމުން އަލްހާން ވިދާޅުވީ އޭނާއަކީ އެމްޑީޕީއަށްހުރި ކެންސަރަކަށްވާންވީ ސަބަބެއް ނޭނގޭ ކަމަށެވެ. އަދި އޭނާއަކީ އެމްޑީޕީއާއި އެމްޑީޕީގެ ސިޔާސަތުގެ ޙިމާޔަތުގައި ކުރީސަފުގައި ހުރިމީހެއް ކަމަށެވެ.
"ވަކި މީހަކާ ޚިޔާލު ތަފާތުވީމަ، އެއީ ކެންސަރަކަށް ބަދަލުވާ ކަމަށްވަންޏާ އެއީ އެބޭފުޅުންގެ ފިކުރީ މައްސަލައެއް. އެބޭފުޅުންގެ ވިސްނުމުގެ މައްސަލައެއް." އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވި ގޮތުގައި، ނަޝީދު ވިދާޅުވީމަ، އެމްޑީޕީގައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް އެކަމަކާ އިދިކޮޅުހައްދަވާކަށް ކެރިވަޑައިނުގަންނަވައެވެ. އެކަމުގެ މިސާލު ދައްކަވަމުން އަލްހާން ވިދާޅުވީ ޑިސެމްބަރ 23، 2011 ގައި އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި މަދަނީ އިއްތިހާދުން ކުރި މުޒާހަރާއާ ގުޅިގެން ނަޝީދު ނިންމެވި ގޮތަކީ "މެދުމިނަށް ތާޢީދު" ނަމުގައި އެމްޑީޕީން މުޒާހަރާކުރުމަށް ކަމަށާއި، ނަމަވެސް އެގޮތަށް ކަންތައް ކުރާކަށް ނުފެނޭ ކަމަށް ނަޝީދަށް ދެންނެވި ކަމަށެވެ.
"އަޅުގަނޑަށް ނުފެންނަ ސަބަބަކީ އަޅުގަނޑުމެން އެންމެންގެ ދީން މިދީނަކީ. މިދީނުގެ ޙިމާޔަތުގައި އެމްޑީޕީންވެސް ދާންޖެހޭ ދުވަހެކޭ އެއީ. އެއީ ސިވިލް ސޮސައިޓީން ކުރާ މުޒާހަރާއެއް. އެހެންވީމާ އަޅުގަނޑުމެން އަނެއްކާ ދީނުގެ މެދުމިނަކާއި ފުންމިނަކާއި މަތިމިނަކާ ހިފައިގެން ނިކުތުމަކީ އެއީކީ ޤަބޫލުކުރެވޭ ކަމެއްނޫން. އެކަމަކަށް އަޅުގަނޑުމެންގެ ތެރެއަކު ތާޢީދެއް ނޯންނާނެ. އެހެންނަމަވެސް، ހަމަ ރައީސް ނަޝީދު ބާރަށް އެހެން ވިދާޅުވީމާ، ގައުމީ މަޖިލީހުގެ ގިނަ މެންބަރުންނަށްވެސް ކެރިވަޑައެއްނުގަތް އެކަމާ ދެކޮޅަށް އެއްޗެއް ކިޔާކަށް، ފާޑެއްކިޔާކަށް." އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ، އެކަމާ ދެކޮޅަށް އޭނާ ޚިޔާލުފާޅުކުރި ކަމަށާއި، އެދުވަހު "މެދުމިނަށް ތާޢީދު" މުޒާހަރާގައި އޭނާ ބައިވެރިނުވާ ކަމަށެވެ. މަދަނީ އިއްތިހާދުގެ އެއްވުމުގައި މީހުންނެއް ނުތިބޭނޭ ކަމަށާއި އެމްޑީޕީއާއެކު މާގިނަ މީހުން ތިބޭނެ ކަމަށް ނަޝީދު އޭރު ވިދާޅުވި ނަމަވެސް، މަންޒަރު ފެނިގެންދިޔަގޮތް މުޅިން ތަފާތު ކަމަށެވެ.
"މިކަންކަމުން އަޅުގަނޑުމެން އެބަޖެހޭ ޢިބްރަތްތަކެއް ޙާޞިލްކުރަން. ގަދަފައި ވިއްދައިގެން ގުންފައިޖަހައިގެން ކަންކަންކުރެވޭ ޒަމާނެއް ނޫން މިއީ." އަލްހާން ވިދާޅުވިއެވެ.
ވެރިކަމުގައި އަމަލުކުރައްވަވާފައިވާ ގޮތުން ދެން ނަޝީދަށް އިތުބާރުކުރައްވާނެ ސިޔާސީ ލީޑަރަކުވެސް އަދި ދީނީ އިލްމުވެރިއަކުވެސް ރާއްޖޭގައި ނެތްކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
"މިދީނުގެ ޙިމާޔަތުގެ އެމްޑީޕީންވެސް ދާންޖެހޭ ދުވަހެކޭ އެއީ. އެއީ ސިވިލް ސޮސައިޓީން ކުރާ މުޒާހަރާއެއް. އެހެންވީމާ އަޅުގަނޑުމެން އަނެއްކާ ދީނުގެ މެދުމިނަކާއި ފުންމިނަކާއި މަތިމިނަކާ ހިފައިގެން ނިކުތުމަކީ އެއީކީ ޤަބޫލުކުރެވޭ ކަމެއްނޫން. އެކަމަކަށް އަޅުގަނޑުމެންގެ ތެރެއަކު ތާޢީދެއް ނޯންނާނެ. އެހެންނަމަވެސް، ހަމަ ރައީސް ނަޝީދު ބާރަށް އެހެން ވިދާޅުވީމާ، ގައުމީ މަޖިލީހުގެ ގިނަ މެންބަރުންނަށްވެސް ކެރިވަޑައެއްނުގަތް އެކަމާ ދެކޮޅަށް އެއްޗެއް ކިޔާކަށް، ފާޑެއްކިޔާކަށް." - އަލްހާން
އަލްހާން ވިދާޅުވީ އެމްޑީޕީވެސް ހިންގަނީ ބަޔަކު ފައިނޭންސްކޮށްގެން ކަމަށެވެ. އަދި ރައީސް ނަޝީދަކީވެސް ސިޔާސީ ފިކުރުތައް ވިއްކުމަށްޓަކައި، ސިޔާސީ ގޮތުން ކުރަން ބޭނުންވާ ކަންތައްތައް ކުރެއްވުމަށް ވިޔަވާފާރިވެރިން ކައިރިއަށްދާ ބޭފުޅެއް ކަމަށެވެ. އެގޮތުން 2008ގެ ރިޔާސީ ކެމްޕޭނުގެ ދެވަނަ ބުރުގައި ޤާސިމް އިބްރާހީމް އަރިހަށް ވަޑައިގެން ޤާސިމާއެކުވެސް އޭރު ކޯލިޝަން ހެއްދެވި ކަމުގައި އަލްހާން ވިދާޅުވިއެވެ.
"ޤާސިމް އިބްރާހީމް ޚަރަދުކުރެއްވި އެމްޑީޕީއަށް. ޗަމްޕާ ހުއްޗުވެސް ޚަރަދުކުރެއްވި އެމްޑީޕީއަށް، ރައީސް ނަޝީދުގެ ފިކުރާއި ސިޔާސީ ކަންކަމަށްޓަކައި. އެގޮތަށް ވަކި ނަމެއް ކިޔާނެ ކަމެއް ނެތް. ކިތަންމެ ވިޔަވާރިވެރިންނެއް. ޔުނިވާސަލްއިންވެސް ހަމަ ޚަރަދުކުރި." އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ އެމްޑީޕީއަކީ ބޮޑެތި ޚަރަދުތަކެއްކުރާ ޕާޓީއެއް ކަމަށާއި، ވަކި ފަރުދީ މީހަކު ބޭނުންވާ ކަންކަން ކުރުމަށްޓަކައި އެޕާޓީ ބޭނުންކުރަންވެއްޖެއްޔާ އެއީ ދައުލަތަށްވެސް ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި އެމްޑީޕީވިޔަސް ޕީޕީއެމްވިޔަސް ވަކި ފަރުދީ މީހެއްގެ ވަކިތަކުން ސިޔާސީ މުއައްސަސާތައް ޙިމާޔަތްކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

















އަލްހާން އަކީ ފެއިލް ވެފައިވާ މީހެއް. އޭނާ ދައްކާ ވާަކަތައް ޚަބަރު ތަކައް ހެދުމަކީވެސް މޮޔައިންގެ ކަމެއް.
މޮޔަޔަކު ބުނިއަސް ތެދެއް ވާނީ ތެދަށް ދޮގުވާނީ ދޮށްގަށް މައުމޫނަށާއި އަންނިއަށް ތާއިދު ކުރާ ގިނަ މީހުން ނަކީ ޙައްގާއި ބާތިލު ބަލާ ބައެއްނޫން. މިދެމީހުން ނަކީވެސް އިސްލާމް ދީނަށް ވަރަށް ބޮޑަށް ނިކަމެތިކަން ލިބޭގޮތަށް މަސައްކަތް ކުރިދެމީހުން އޭގެ ސަބަބުން މިދެމީހުގެ އަތުން ވެރިކަން ގެއްލުނީ މިދެމީހުންނާއެކު އަލުހާނުވެސް ބައިވެރިވެފައި.
ރާއްޖެ ހަމަޔަކަށް އެޅޭނީ މިމީހުން މިޤައުމަށް ގެނެސްފައިވާ ކުފުރުގެ ނިޒާމް(ޑިމޯ ކުރޭޒީ) އެއްފަރާއިކޮށް މި ޤައުމުގައި އިސްލާމީ ޝަރީއަތް ޤާއިމްކޮއްގެން.
މިދެމީހުންގެ އަމަލު ވެސް ހަމައެއްގޮތް، އެއްތައްގަޑަކުން ނިކުއް ދެމީހުން، މިދެމީހުންގެ އަންބިދަރިން އިސްލާހެއްނުވި، ޤައުމެއްވެސް އިސްލާހެއް ނުވާނެ، މިދެމީހުންނަކީ ބޮޑު ދެފެއިލަރުން، ރައްޔިތުން ވޯޓް ދޭންޖެހޭނީ ދީންވެރި ތަޤުވާވެރިންނަށް.
ފުރާންސުގެ ރައްޔިތުން ސަރުކޯޒީ ބަލި ކުރިގޮތަށް މައުމޫނާއި ނަޝީދު ބަލިކުރުމަށް ލޮބުވެތި ދިވެހި ދަރިންނަށް ގޮވާލަން، މައުމޫ ނާއި ނަޝިދަކީ ޤައުމަށް ހަރާންކޯރް ވެފައިވާ ބޮޑު ދެފެއިލަރުން، މިފަދަ މީހުން ލައިގެްނ މާލިމީކަމެއް ނުކުރެވޭނެ، އޮޑިފަރަށް އިސާހިތަކުން ފަރަށް އަރާނެ؟
ކިތަންމެ ވަރެއް އަލްހާނު އެރިއަސް ބުރުމާ އަކަށް ނާދެވޭނެ ވެރިކަމަށް ކަށް
އައްޑޫގައި އެހުރީ ބުދު ބަހައްޓާފައޭ އަދިވެސް ބުދު ބަހައްޓާނަމޭ ބުނީ ތި އަލްހާނެވެ. މިހާރު ތިޔަ އުޅެނީ މާބޮޑަށް ދީން މީގެތެރެއަށް ވައްދައިގެންނެވެ. އަލްހާން މިހާރު ތި ހުރީ ސިޔާސީ ގޮތުން މީހާ ބާކީވެފައެވެ.