ރާއްޖޭގެ ޚަބަރުވިޔަފާރި

"މަޠަޢަމް ޙަލާލް"ގެ ނަމުގައި މުޅިން އާ ހޮޓަލެއް ހުޅުވައިފި

"މަޠަޢަމް ޙަލާލް"ގެ ނަމުގައި ކެއިންބުއިމުގެ ޚިދުމަތްދޭ އާ ހޮޓަލެއް ހުޅުވައިފިއެވެ.

ތާޖުއްދީން ސުކޫލް އިރުމަތީ ގޭޓް ކުރިމަތިން ބުލޫކިޔާ މަގުގައި މިދިޔަ މަހު 22 ގައި ހުޅުވި އެހޮޓަލުގައި ދުންފަތާއި ސިނގިރޭޓުގެ އިސްތިއުމާލް ނުކުރެވެއެވެ.
މިވަގުތު މާލެއިން ލިބޭ އެންމެ ހެޔޮ އަގުގައި ކާބޯތަކެތި ލިބޭނެ ކަމަށް އެހޮޓަލުން މަޢުލޫމާތުދެއެވެ.
އެގޮތުން ތަޒާ މޭވާ ފަނި [(އަނބުފަނި، ފޭރުފަނި، ކަރާފަނި، ފެޝަންފްރުޓްފަނި ފަދަ ބުއިންތައް] ވިއްކަނީ 3 ރުފިޔާއަށާއި 5 ރުފިޔާއަށެވެ.
ގިނަބާވަތްތަކުގެ ހެދިކާ 1 ރުފިޔާއަށް ލިބެން ހުރެއެވެ.
ރިހާކުރު ނުވަތަ މަސްހުނި ޑިސްކާއެކު ލިބެނީ 10 ރުފިޔާއަށެވެ.
ފާސްޓް ފުޑްސް [ފްރައިޑް ރައިސް، ފުރައިޑް ނޫޑުލުސް، ކޮއްތުރޮށި، ބާމިގޮރެން، ނާސިގޮރެން ފަދަ ކެއުންތައް] ތާޒާ މޭވާ ފަންޏާއެކު ޑެލިވަރީކޮށްދިނުމުގެ ޚިދުމަތްދެމުންދާއިރު ޑެލިވަރީއަށް އިތުރު ފައިސާއެއްނުނަގައެވެ.
ހޮޓާ ހުޅުވިފައި ހުންނަނީ ފަތިސް ނަމާދު ނިމޭގަޑިން ފެށިގެން ރޭގަނޑު ދަންވަރު އެކެއް ޖެހުމާ ހަމައަށް ކަމަށް އެތަނުން މަޢުލޫމާތުދެއެވެ.
އެތަނުގެ ހޮޓްލައިން ނަންބަރަކީ 7464313 އެވެ.

މަޠައަމް ޙަލާލް ހޮޓެލްގެ ލޮކޭޝަން

ގުޅުންހުރި

7 ޚިޔާލު

  1. އުންމީދު ކުރަން އަގުކުޑަވިޔަސް ރަހަ ބަދަލުނުވާނެކަމަށް .. މިހެންމިބުނީ ބައެއްހޮޓާތަކުން ކުރުނބާ ފަނި 5ރ އަށްލިބޭ އެކަމު ގަޑުބަޑު ކޮށްފަހުންނަނީ އެހެންވީމާ އަގުހެޔޮކޮށްފަ އެހެންހެދުމުގެ ބަދަލްގަ ރަނގަޅުއަގުގަ ގަޑުބަޑުނުކޮށް ހިދުމަތްދިނުންމާރަނގަޅު………………..

  2. މިވެސް ދީނީ ނަސޭހަތެއް ދޯ…!!!

  3. މިމުޖުތަމަޢުގައި އަހަރެމެންއިސްލާމުންނަށް ޚިދުމަތްދިނުމަކީވެސް ހެއުކަމެއް އަދިޖީބަށްއެހާމެލުއިކޮން.
    މަރުޙަބާ މަތުޢަލްޙަލާލްގެ ހިންގުންތެރިންނަށް.
    އިރާދަކުރެއްވިއްޔާ ތިޔަހޮޓަލުގެ ރަހަތައްވެސް ދެދުވަހެއްގެތެރޭގައި ޗެކުކޮށްލާނަން….

  4. ސައިޓުގައި ކޮންމެހެން ޝާއިއު ކުރަންޖެހޭނީ ހަމަ އެކަނި ދީނީ ލިޔުންތައް، ދީނީ ދަރުސް އެކަންޔެއްނޫން!! އާންމުން ނަށް ފައިދާ ހުރި ކޮންމެ މައުލޫމާތެއް ޝާއިއު ކުރެވިދާނެ

  5. ާމުސްލިމު އަންހެނުންނަށް މިނިވަން ކަމާއެކު ކެވޭނެ ގޮތަކަށް ރެސްޓޯރަންޓްތައް ފަރުމާ ކުރުން ވަރަށް މުހިންމު………

  6. ނަމާދު ވަގުތަށް ތަނުން މީހުން ހުސްކޮށް އެމީހުން ނަމާދަށް ފޮނުވުމަށް އިސްކަން ދިނުން ވަރަށް މުހިންމު.. އޭރުން އިންޝާ ﷲ ތަނަށް ލިބޭ ކުރިއެރުންވެސް އިތުރުވާނެ..

  7. ވަރަށް ދެރަ އަޅުގަނޑަށް އަޑުއިވުން ގޮތުން މިތަން މިހާރު ބަންދު ކޮއްފި. އަޅުގަނޑަށް މިތަނުގެ ޚަބަރުލިބިގެން ހެނދުނު ސަޔަށް އޯޑަރު ދޭން އުޅުނީ. އަޅެ ހަމަ އަސްލުވެސް އެތަން ބަންދުކުރީތަ؟

Your email address will not be published. Required fields are marked *