ރާއްޖޭގެ ޚަބަރުދިއިސްލާމް

ބޮޑު މުޒާހަރާ އަށް ވަރަށް ފޯރިއާއި އެކު ތައްޔާރީތައް ވަމުން އެބަދޭ: ވައިކަރަދޫ އަދާލަތު ގޮފީގެ ރައީސް

ޒަޔަނިސްޓް ޔަހޫދީ އައިކޭމްޕްއާ ދެކޮޅަށް ވައިކަރަދޫގައި ބޭއްވި މުޒާހަރާގެ ތެރެއިން - ދިއިސްލާމްފޮޓޯ: ޢަބްދުﷲ ޝަފީޢު އިޙްސާން

ޒަޔަނިސްޓް ޔަހޫދީ އައިކޭމްޕްއާ ދެކޮޅަށް ވައިކަރަދޫގައި ބޭއްވި މުޒާހަރާގެ ތެރެއިން - ދިއިސްލާމްފޮޓޯ: ޢަބްދުﷲ ޝަފީޢު އިޙްސާން

 

23 ޑިސެމްބަރގެ ބޮޑު މުޒާހަރާ އަށް ވަރަށް ފޯރިއާ އެކު ވައިކަރަދޫގައި ތައްޔާރީތައް ވަމުން އެބަދެއެވެ.

ދިއިސްލާމް އަށް މަޢުލޫމާތު ދެއްވަމުން ވައިކަރަދޫ އަދާލަތު ގޮފީގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިގޮތުގައި ބޮޑުމުޒާހަރާއަށް ވައިކަރަދޫގައި އަންނަނީ ވަރަށް ފޯރިއާއިއެކު ތައްޔާރުވަމުން ނެވެ. "އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހިން" މިނަމުގައި ބާއްވާ މުޒާހަރާގައި ޑީއާރުޕީ، ޕީޕީ އެމްއާއި، އަދާލަތު ޕާޓީ، އިތުރުން ޖަމްޢިޔަތުލް ޖޫދީ އިން ބައިވެރިވާނެއެވެ. މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ބެނާޖެހުމާއި ބޯޑު ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަމަށް ޝަރީފް ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީ އަދި އިލްހާރު ޖަމިއްޔާއިން މި މުޒާހަރާގައި ބައިވެރިއެއް ނުވެއެވެ.

ބަނގުރަލާ ދެކޮޅަށް ކުރި ބޮޑުމުޒާހަރާގައި ވެސް ވައިކަރަދޫގެ ރައްޔިތުން ނުކުމެ ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ކެކެކެކެ… ވައިކަރަދޫ މީހުން މުޒާހަރާ އަށޭ.. ހަމަ ހެވެނީ…

Your email address will not be published. Required fields are marked *