
ކަނޑިތީމުގައި ހުންނަ ދިރާގު ހަޓުގައި އޮކްޓޫބަރު 28 ވަނަ ދުވަހު އަލިފާޏްރޯވެ ހަލާކުވެފައި. ފޮޓޯ: ކަނޑިތީމް އޮންލައިން
ށ.ކަނޑިތީމުގައި ހުންނަ ދިރާގު ހަޓުގައި އަލިފާންރޯވެ ހަލާކުވުމާ ގުޅިގެން އުތުރުގެ ބޮޑުބަޔަކުން ދިރާގުން ދެމުން ގެންދާ ޚިދުމަތްތަށް އެއްކޮށް ކެނޑިއްޖެެއެވެ. ރޭ މެންދަމުން އަލިވެ 3 ޖަހާކަށް ހާއިރު ހިނގި މިއަލިފާނުގެ ހާދިސާގައި ދިރާގު ހަޓުގައި ބޭނުންކުރާ ހުރިހާ އިކުއިޕްމަންޓެއްހެން ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. މިއަލިފާނުގެ ހާދިސާގެ ސަބަބުން ހއ.ހދ.ށ ގެ އުތުރަށް ވަނީ ދިރާގު އިންޓަނެޓާއި ފިކްސްޑްލައިނާއި މޯބައިލްގެ ޚިދުމަތް އެއްކޮށް ކެނޑިފައެވެ.
ދިރާގު މާކެޓިން އެންޑް ކޮމިއުނިކޭޝަން މިރުޝާން ހަސަން ކަނޑިތީމު އޮންލައިންއަށް ދީފައި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައި ކަނޑިތީމުގައި ހުންނަ ދިރާގު ހަޓުގައި ހިނގި އަލިފާނުގެ ހާދިސާގެ

ދިރާގު ހަޓުގައި އަލިފާން ރޯވެ އަނދަނީ..
ސަބަބުން ހއ.ހދ.ށ ގެ އުތުރަށް ވަނީ ދިރާގު އިންޓަނެޓާއި ފިކްސްޑްލައިނާއި މޯބައިލްގެ ޚިދުމަތް އެއްކޮށް ކެނޑިފައެވެ. އަދި ޚިދުމަތް ދިނުމަށްޓަކައި ރިޕްލޭސްމަންޓް އިކުއިޕްމަންޓާއި އެކު މާލެއިން ޓީމެއް މިހާރު ދަތުރު ކުރަމުންދާކަމަށާއި އެބޭފުޅުންނަށް ދެވޭހާ އަވަހަކަށް ޚިދުމަތް ދިނުމަށްޓަކައި މަސައްކަތް ފާށާނެ ކަމަށެ. އަދި ޚިދުމަތް ދެވޭނެ ވަކިއިރެއް ދަންނަވަން އަދި ދަތިކަމަށާ ލަފާ ކުރެވޭގޮތުން ހަވީރު ޚިދުމަތް ދެވޭ ވަރުވާނެ ކަމަށެވެ.
ރޭ މެންދަމު ދިރާގު ހަޓުގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވަނީ ފަތިހި 4.30 ހާއިރިއެވެ. އަދި ހދ. ކުޅުދުއްފުށީގައި ތިބޭ އެމް.އެން.ޑީއެފް ގެ ފަޔާ އެންޑް ރެސްކިއު ޓީމެއް ފަތިހު 5 ޖަހާކަށް ހާއިރުވަނީ ކަނޑިތީމަށްގޮސްފައެވެ. އަދި ކުޅުދުއްފުށިން ދިރާގުގެ ޓީމެއްވެސް މިހާރު ކަނޑިތީމަށްވަނީ ގޮސްފައެވެ.
ޚިޔާލު