މަތީގައިވާ ފޮޓޯގައި އެވަނީ ފްރާންސްގެ މަޝްހޫރު ކުޅުންތެރިއެކެވެ. ފްރާންސްގެ ޤައުމީ ޓީމަށާއި ބެޔާން މިއުނިކް އަށް ކުޅެމުންދާ މަޝްހޫރު މިކުޅުންތެރިޔާ އަކީ ދަނޑުމަތީގައިވެސް މުސްލިމެއްގެ ގޮތުގައި ފެނިގެންދާ ކުޅުންތެރިއެކެވެ. ދަނޑުމަތީ މާތްﷲ އަށް އާންމުގޮތެއްގައި 'ދުޢާ' ކުރާ މިކުޅުންތެރިޔާ ވަނީ ޖިއްދާއަށް ފުޓްބޯޅަ ކުޅުމަށް ދިޔަ ފަހަރަކު އުމްރާއެއް ކޮށްފައެވެ. މިކަން ވެގެން ދިޔައީ ހުޅަނގުގެ މީޑިއާތަކުން ވަރަށް ސަމާލުކަން ދިން ކަމަކަށެވެ. ފަހަކަށް އައިސް ދުނިޔޭގެ ފެންވަރުގެ ގިނަ ފުޓްބޯޅަ ކުޅުންތެރިންނެއް ދަނީ ފެންނަމުންނެވެ.
މާޝާ ﷲ، ﷲއަކްބަރް!