ވީޑިއޯއިން ޚަބަރު

ގައްޒާފީ އަވަހާރަވުމުގެ ކުރީގެ ވީޑިއޯއެއް ކަމަށްބުނާ ވީޑިއޯއެއް އާންމުވެއްޖެ

ޢަލީ އަޙްސަން އިޙްސާން

 

 

ގައްޒާފީ އަވަހާރަވުމުގެ ކުރީގެ ވީޑިއޯއެއް ކަމަށްބުނާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

 

މީޑީއާގައި އާންމުވެފައިވާ މިވީޑިއޯ އަކީ ބުނެވޭގޮތުގައިގައްޒާފީއަށް ބަޑިން ހަމާލާދީ ހައްޔަރުކުރުމަށްފަހު ނަގާފައިވާ ވީޑިއޯއެކެވެ. މިވީޑިއޯއިން ފެނިގެންދަނީ  ގައްޒާފީގެ ބޮލުގައި ހިފާ މަންޒަރާއި ވާތް ފަރާތުން ލޭ އޮހޮރޭ މަންޒަރެވެ. އެވީޑިއޯއިން ފެންނައިރު  މަރު ނުވާކަން ޔަގީންވެއެވެ. އަދި މީގެ އިތުރުން   އެވީޑިއޯ ތަކުން ހަނގުރާމަވެރިން ހަޅޭއް ލަވާ ވައިގެ ތެރެއަށް ބަޑިޖަހާ ހަދާ މަންޒަރު ފެނެއެވެ.

 

ގިނަ ބަޔަކު ބުނާގޮތުގައި ގައްޒާފީ އަވަހާރަވީ އިދިކޮޅު ހަނގުރާމަވެރިން ދިން ހަލާގައި ޒަހަމްވެ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުވުމަށްފަހުގައެވެ. އެކި ތުހުމަތުތަކުގެ ސަބަބުން ގައްޒާފީގެ މަރު ތަހުގީގު ކުރުމަށް ގައްޒާފީގެ ހަށިކޮޅު ފަސްދާނުލުންވެސް ވަނީ މަޑުޖައްސާލާފައެވެ.

އެހެން ވީޑިއޯ

ހުރިހާ ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.