ރާއްޖޭގެ ޚަބަރުދިއިސްލާމް

އިޒްރޭލާއެކު ގުޅުން ބޭއްވުމަށް ދިވެހި ސަރުކާރު އޮތީ ތައްޔާރަށް ކަމަށް މައުމޫން ވިދާޅުވި : ވިކިލީކްސް

އިޒްރޭލާއެކު ގުޅުން ބޭއްވުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ގެ ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި ޕާކިސްތާނުން އިޒްރޭލާއެކު އިސްވެ ގުޅުން ޤާއިމް ކޮށްފައިވާ އިރު ދިވެހިރާއްޖެއިން ފަހަތުގައި އޮންނަން ބޭނުންވެ ވަޑައި ނުގަންނަވާ ކަމަށް ރައީސް ޤައްޔޫމް ވިދާޅުވިކަން އޭރުގެ ފޮރިން މިނިސްޓަރ ޑރ އަޙްމަދު ޝަހީދު ފާހަނގަ ކުރައްވާ ފައިވާ ކަމަށް ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓަށް ފޮނުވާފައިވާ މެސެޖެއް ކަމަށް ބުނެ ވިކިލީކްސްއިން އާއްމު ކުރި ލިޔުމަކުން ހާމަ ވެއްޖެއެވެ.

އެންމެ ފުރަތަމަ ކުދި ކުދި ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމްކުރަމުން އައިސް އިޒްރޭލާއެކު ރާއްޖެއިން ފުރިހަމަ ގުޅުމެއް ޤާއިމް ކުރުމަށް ސްރީލަންކާގައި ހުންނަވާ އެމެރިކާގެ އެމްބެސެޑަރު ރޮބަޓް ބްލޭކް އޭރު ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ ޝަހީދަށް ހިތްވަރު ދެއްވާފައިވާ ކަމަށް ވެސް ވިކިލީކްސް ގެ މި މެސެޖްގައި ވެއެވެ. ދެ ފަރާތުގެ ދެމެދުގައި މި ވާހަކަތައް ބަދަލު ކުރެވިފައިވަނީ 2007 ވަނަ އަހަރު ގެ ޖަނަވަރީ މަހު ޑރ ޝަހީދު ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ކުރެއްވި ޒިޔާރަތުގައި ކަމަށް ވެސް މި މެސެޖްގައިވެއެވެ.

ވިކިލީކްސްގެ މި މެސެޖުން އިތުރަށް ހާމަވާ ގޮތުން އެމެރިކާގެ އެމްބެސެޑަރު ވަނީ އިންޑިއާގައި ހުންނަވާ އިޒްރޭލު އެމްބެސެޑަރ ޑޭވިޑް ޑެނިއެލީއާ ވެސް މަޝްވަރާ ކުރައްވާފައެވެ.

ޑރ ޝަހީދު އެމެރިކާގެ އެމްބަސީ އަށް ދެއްވާފައިވާ މަޢުލޫމާތުކަމަށް ބުނެ މި މެސެޖަގައިވަނީ ސަރުކާރުން އިޒްރޭލާ ގުޅުން ޤާއިމް ކުރަން ބޭނުން ވިޔަސް ސަރުކާރުގެ ބައެއް ވަޒީރުން ވެސް އެކަމާ ދެކޮޅު ހައްދަވާ ކަމަށާއި މިކަން ވެގެންދާނީ ރައްޔިތުންނަށް ވަރަށް ސެންސެޓިވް މައްސަލައެއް ކަމަށެވެ.

ވިކިލީކްސް ގެ މި މެސެޖްގައިވާ ގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހު އޭރު އޮތް ގޮތުން ރަސްމީ ސިފައެއްގައި އިޒްރޭލާއެކު ގުޅުން ޤާއިމް ކުރުމަށް އެއްވެސް މަސައްކަތެއް ކުރުމަށް ދިވެހި ސަރުކާރު ބޭނުމެއް ނުވެއެވެ. މީގެ އިތުރުން ވެސް ޑރ ޝަހީދަކީ މޮޑެރޭޓް އަދި ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އިޒްރޭލާ ގުޅުން ބަދަހި ކުރުމުގެ ފައިދާތައް ވިސްނި ވަޑައިގަންނަވާނެ ބޭފުޅެއްކަމަށް ވިދާޅުވެ ޑރ ޝަހީދަށް ތަޢުރީފް ކުރައްވާފައިވެއެވެ. އަދި އިޒްރޭލާއެކު ސިއްރު ގުޅުންތައް ބޭއްވުމުގައި މައުމޫންގެ ތާއިދު ޑރ ޝަހީދަށް ލިބިވަޑައިގަންނަވާ ކަމަށް ވެސް މި ލިޔުމުގައި ހާމަކޮށްފައިވެއެވެ.

ގުޅުންހުރި

4 ޚިޔާލު

  1. މީއަބަދުވެސް މުސްލިމުންގެ ތެރޭގަ އުޅޭބައެއް މިބައިމީހުންގެ ނަމަކީ[މުނާފިގުން] ޖަނާޒާ ކުޑޭ އަކީ އަބަދުވެސް މިޝަނަރީ ތަކާ ގުޅުން އޮށްނަ މީހެއް އެބައިނެއްމީހަކަށް އެމެރިކާގެ ތާއީދެއް ނުލިބޭނެ އެމްޑީޕީގެ ރައީސްކަން ލިބިގެން އިބުރާ މެލޭސިއާ އަށްކުރިދަތުރުގަ ފުރަތަމަ ލަންކާގަ ޖަނާޒާއާ އެކު ބޭއްވި ސިއްރުބައްދަލުވުގަ މިކަމާ މަސްވަރާކުރި އެއިރު ކުޑޭ އަކީ އެމްޑީޕީ ދުސްމަނެއް އެކަމަކު މިކަމުގަ އެކުވެރިއެއް ދެންވިސް މިހާރު ރައީސް ނަޝީދު އަށް ކުޑޭމުހިތްމުވީސަބަބު މިކަން ތައްތައް ވަނީ މީގެ އެތައް ސަތޭކަ އަހަރެއްކުރިން ކީރިތި ﷲ އެކަލާނގެ އަށް އިހުލާސްތެރި އަޅުތަކުންނަށް އަންގަވާފަ އެބައިމީހުން ނީ އެއްބަޔަކު އަނެއްބަޔެއްގެ އެކުވެރިންނެވެ

  2. މައުމޫނަކީ ދިވެހިރާއްޖޭގައި ވެރިކަން ކުރި ރައީސެކެވެ. އިސްލާމީ ލީޑަރެއްނޫނެވެ. އަންނި އަކީ ދިވެހިރާއްޖޭގައި ވެރިކަން މިހާރުކުރާ ރައީސެވެ. އިރާދަކުރެއްވިއްޔާ މީގެ ފަހަކުންނުުކުރާދެވެ. މިއީވެސް އިސްލާމީ ލީޑަރެއްނޫނެވެ. އަދި ކީއްކުރަންތޯ އިސްލާމީ ލީޑަރުން ހިނގާމަގުން ހިގުމަށްވެސް ކަމަކު ނުދެއެވެ. ދެންއޮތީ ޕާކިސްތާނެވެ. ޕާކިސްތާނަކީވެސް އިސްލާމްގެ ނަމުގައި ހޯދި އެކަމަކު އަދި އިސްލާމްނުވާ ސަރުކާރުތައް އޮންނަ ޤައުމެކެވެ. ވީއިރު ޕާކިސްތާނު އަދި އެހެންވެސް ދައުލަތެއް އިޒްރޭލް ޤަބޫލުކުރުމަކީ ހުއްޖަތަކަށް ހަދާފައި އެކަން ޤަބޫލުކުރުމަކީ ކުށެކެވެ. މީގެ މާނައަކީ އަހަރެންގޮސް ތިޔައިން ބޭފުޅެއްގެ ގެއަތުލައި އެތަނަށް ވެރިވެއްޖެ ޢާއިލާގެ މީހުންނާއި އަހަރެންގެ ވިސްނުމުގެ މީހުން އެގޭގައި ދިރިއުޅޭގޮތަށް ހެދުމުން އެވަށުގައި އުޅޭ އެހެންމީހަކު އެގެއަކީ އަހަރެންގެ ތަނެއްކަމުގައި ބުނެފިނަމަ އެގޭ ޝަރުޢިންޔަތު ސާބިތުވެ އެހެންމީހުންވެސް އެގެއަކީ އަހަރެންގެ ގެ ކަމުގައި ބަލަންވީހެއްޔެވެ. ރަނގަޅު ފުރުޞަތަކެވެ. އެހެންމީހުންގެ މިލްކިއްޔާތު ވެރިކޮށްލާށެވެ. ނަމަވެސް ނަމަނަމަ އޭގެ ކުރީ ތިބާވެރިކުރިތަކެއްޗަކީ ހަމަތިބާގެ ތަކެތިކަން ޤަބޫލުކުރާނެ އެހެންމީހަކު ހޯދާފައި ކުރާށެވެ.

  3. ޔާﷲ މިފަދަ އަނިޔާވެރިންގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާންދޭވެ! އާމީން

  4. ސުރުހީ އެއޮތީ އެންމެ ރަގަޅަށް ބާއެވެ؟ ވިކިލީކްސްގައި އޮތީ މައުމޫން ވިދާޅުވިކަމަށްތޯއެވެ؟ ނުވަތަ މައުމޫން ވިދާޅުވިކަމަށް ޑރ. ޝަހީދު ވިދާޅުވިއޭތޯއެވެ؟

Your email address will not be published. Required fields are marked *