ރާއްޖޭގެ ޚަބަރު

ކައުބަތުﷲ ގެފުޅުގެ އެތެރެ ސިފަކޮށްދޭ ބިނާއެއް މިއަހަރުގެ އިސްލާމިކް ފެއަރގައި ބެހެއްޓުމަށް ހަމަޖައްސައިފި

ލިޔުނީ: އައިޝާ މުނާ

މިއަހަރު އިސްލާމިކް މިނިސްޓްރީ ބާއްވާ "އިސްލާމިކް ފެއަރ" ގައި ކައުބަތުﷲ ގެފުޅުގެ އެތެރެ ސިފަކޮށްދޭ ބިނާއެއް ބަހެއްޓުމަށް ނިންމަފިއެވެ.

އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދުﷲ ޖަމީލް ވިދާޅުވީ ގެފުޅު ސިފަކޮށްދޭ މިބިނާ މިހާރު ލިބިފައިވާކަމަށާއި މިބިނާ ބެހެއްޓުމަށް ނިންމެވީ ވަރަށް މަދުބަޔަކަށް ނޫނީ ފެންނާނެ ތަނަކަށް ނުވާތީ ކަމަށެވެ. އަޙްމަދުﷲ ވިދާޅުވީ މިފަހަރުގެ ފެއަރގައި އެހެން އަހަރު ތަކެކޭ އެއްފަދައިން ޢާއްމުން ނަށް ގިނަ މަޢަލޫމާތު ތަކެއް ލިބިގެން ދާނެ ފަދަ ފެއަރ އަކަށް ވާނަކަމަށެވެ. އަދި ކުރިން ނުފެންނަ ކަހަލަ އިތުރު އެހެން އެއްޗެހިތައް ފެނިގެން ދާނެކަމަށެވެ.

މިފެއަރ ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރ 8 ފން 15 ށް އިސްލާމީ މަރުކަޒްގައެވެ.

އަޙްމަދުﷲ މިފަހަރުގެ މިފެއަރ ކުރިޔަށް ދާނީ އިންޑިޔަން ހައިކޮމިޝަނާއި ގުޅިގެން ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ ދެސަރަހައްދެގައި ބޭވުމަށް ހަމަޖެހިފައި ވާކަމަށާއި، އެގޮތުން ދެކުނު އައްޑޫ ސިޓީގައި ބާއްވާ ގޮތަށް ހަމަޖެހިފައި ވާއިރު އުތުރުން ބާއްވާނެ ތަނެއް އަދި ނިއްމައިފައި ނުވާކަމަށެވެ.

ކޮންމެ އަހަރަކު އިސްލާމިކް މިނިސްޓްރީން ބާއްވާ މިފެއަރ އަކީ އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދާ ފެއަރ އެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *