ދަރުސް ޚަބަރު މީހަކަށް ކިތަންމެ ކުޑަ އެއްޗެއް ދިން ނަމަވެސް އެކަން ކުރަންވާނީ ﷲ ތަޢާލާއަށްޓަކައި: މުފްތީ މެންކް

މީހަކަށް ކިތަންމެ ކުޑަ އެއްޗެއް ދިން ނަމަވެސް އެކަން ކުރަންވާނީ ﷲ ތަޢާލާއަށްޓަކައި: މުފްތީ މެންކް

Komme Kamakun Shifa Hoadhan Ves Kiyavan Jeheyny Keerithi Quran Aa Sunnathun: Mufthi Menk

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މީހަކަށް ކިތަންމެ ކުޑަ އެއްޗެއް ދިން ނަމަވެސް އެކަން ކުރަންވާނީ ﷲ ތަޢާލާއަށްޓަކައި ކަމަށް ޒިމްބާބްވޭގެ މުފްތީ އިސްމާއީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައި ވަނީ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ހަދިޔާއެއް ދިން ނަަމަވެސް އޭގެ ބަދަލުގައި އެއްވެސް ކަމަކަށް އެދިގެން ނުވާނެ ކަމަށެވެ. އަދި ބަދަލުގައި ކަމަށް ނުބުނި ކަމުގައިވި ނަމަވެސް ހަދިޔާއެއް ދިނުމަށްފަހު އެމީހާގެ ކިބައިން ކަމަކަށް އެދިއްޖެނަމަ އެކަންވާނީ ބަދަލުގައި ކަަމަކަށް އެދުނު ކަމަށެވެ.

މީގެ އިތުރުން މިއަދު ކިތަންމެ ގާތް މީހަކު ހަދިޔާއެއް ދިން ނަމަވެސް އޭގައި ހިފުން މިވަނީ ވަރަށް ބުރަކަމަކަށްވެފައެވެ. އެއްދުވަހު ހަދިޔާ ދީފައި އަނެއް ދުވަހު އޭނާގެ ގާތުން ނުބައްދަލު ކަމަކަށް އެދެއެވެ. އެހާލަތުގައި ހަދިޔާގައި ހިފުނުކަމަށްޓަކައި ހިތާމަކުރެވެއެވެ. އެހެންކަމުން މީހުން ދޭ ހަދިޔާގައި ހިފުމަކީ މިއަދު ވަރަށް ބޮޑު ބިރުވެރިކަމަކަށް ވަނީ ވެފައެވެ.

އަދި ހަމަ އެހެންމެ ބަދަލުގައި ކަންކަން އެދުމުން އެމީހަކު އެދުނު ކަންތައް ކޮށްދިނުން މަޖުބޫރު ވެގެންވެއެވެ. އަދި އެކަން ކޮށްނުދެވިއްޖެނަމަ ހިތަށް ނުތަނަވަސްކަން ލިބިގެެންދެއެވެ. އެހެންކަމުން ހަދިޔާގެ ގޮތުގައި ދޭ އެއްޗެހި، ނުބައި ނިޔަތެއްގައި ދެވޭ އެއްޗެހި ގޮތުގައި ބަދަލުވެގެން ދެއެވެ. އެއީ އޮޅުވާލުމެއްގެ ތެރޭގައި ދެވޭ ރިޝްވަތެއް ކަމާއި، މިއީ ވަރަށް ނުބައި ޢަމަލެއް ކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ.

ނިންމާލަމުން ޝެއިޚް ވިދާޅުވެފައި ވަނީ މީހަކަށް ކަމެއް ކޮށްދޭނަމަ އަބަދުވެސް އިޚްލާސްތެރި ކަމާއެކު ކުރުމަށާއި އެމީހަކަށް ތަކުލީފަކަށް ނުވާ ގޮތަށް ކުރުމަށެވެ. ތަކުލީފަކަށް ކަންކަން ކުރުމުން އެކަމުގެ ބަރަކާތް ކެނޑިގެންދާނެކަމެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުން ޡަވާބާއި ދަރުމަ އިތުރުކުރުމަށް އެދިގެން ކުރާ ކަމެއް ނަމަ ވީހައިވެސް ބޮޑަށް ލުއިފަސޭހަވާނެ ގޮތަށް އެކަން ކުރުމަށްވެސް ވިދާޅުވިއެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.