ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ޝައިތާނާ އަބަދުވެސް އިންސާނުން މަގުފުރެއްދުމަށްޓަކައި މަސައްކަތް ކުރޭ: ޝެއިޚް ސިނާން

Shaithana Abadhuves Insaanun Magufuredhumah Takaa Massakkai Kurey: Sheikh Sinan

ޝައިތާނާ އަބަދުވެސް އިންސާނުން މަގުފުރެއްދުމަށްޓަކައި މަސައްކަތް ކުރާކަމަށް އައްޝައިޚް މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

ޝެއިޚް ސިނާން މިހެން ވިދާޅުވެފައިވަނީ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ޝައިތާނާ އަބަދުވެސް އަމުރުކުރާނީ ﷲ ޙަރާމް ކުރައްވާފައިވާ ކަންކަމަށެވެ. އަޅުގަނޑުމެން ދިވެހިރާއްޖޭގައިވެސް ސިހުރުވެރީންގެ ސަބަބުން އެތައް ބަޔަކަށް ތަފާތު ވައްތަރުގެ ގޯނާކޮށް އުނދަގޫކޮށް ހަދައެވެ. މީހުން މޮޔަކޮށް، ދަރީންނުލިބޭގޮތް ހަދާ، ނަފްސާނީގޮތުން އުނދަގޫ ކުރިމަޔިކުރުވައި، ދެމަފިރިން ދެމެދުގައި ފިތުނަ އުފައްދައި ވަރިފަށަށް އަރުވުން ފަދަ ކަންކަމަކީ މިނުބައިމީހުން ކޮށްއުޅޭ މަޝްހޫރު ކަންކަމެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މިކަމަށް ބޭނުންކުރަމުން އައި ނަމުގެ ސަބަބުން ޢާއްމު މީހުންނަށް މިކަން ވަނީ އޮޅިފައެވެ. މިގޮތުން ޢާއްމުންނަށް ޤަބޫލުކުރެވިފައިވާ ގޮތުގައި ސިހުރަކީ ނުބައިވައްތަރެވެ. އަދި ފަންޑިތައަކީ ސިހުރު ރަނގަޅުކުރުމަށް ހަދާ އެއްޗެއްކަމެވެ. ނަމަވެސް މިއީ ގޯސްހީކުރުމެކެވެ.

އަދި ހަމަ އެހެންމެ މިއީ އަސްލުގައި ސިހުރުވެރީން މީސްތަކުންނަށް އޮޅުވާލައި، މީސްތަކުންގެ މުދާ ބާތިލުގޮތުގައި ކެއުމަށްޓަކައި ހަދާފައިވާ މަކަރެއްކަމަށެވެ. އެއިގެތެރެއިން ބައެއްމީހުން ސިއްރުގައި ސިހުރުހެދުމަށްފަހު، އަލުން އެ ސިހުރު ރަނގަޅު ކުރުމަށް އެއްވެސް ތަނެއް ދޮރެއް ނުދަންނަ މީހުން ފަންޑިތަ ހެދުމުގެ މާނައިގައި މީސްތަކުންގެ ކައިރިއަށް އާދެެއެވެ. އަދި މިއީ ޤަދަރާއި ޢިއްޒަތް ހޯދުމަށާއި މީސްތަކުންގެ އަތުން މުދާ ހޯދުމަށްޓަކައި ޖަހާ މަކަރެއްކަމަށެވެ.

ނިންމާލަމުން ވިދާޅުވެފައި ވަނީ ޙަޤީްަތައް ބަލާއިފިނަމަ އަޅުގަނޑުމެންނަށް ފެންނާނީ އެބައިމީހުން ފަންޑިތައިގެ ނަމުގައި ޝިރުކު ކުރަމުން ދާތަނެވެ. އަދި އިސްލާމީ ޝަރީޢަތާ ފުށުއަރާ އެއްވެސް ދަލީލަކުން ސާބިތުނުވާ ކަންތައްތައް ކުރަމުންދެއެވެ. މިފަދަ ކަންކަމަކީ ޤުރުއާނާއި ސުންނަތުން ޡާބިތުނުވާ އެކަންކަމަށް އެއްވެސް ދަލީލެއް ހުރި ކަންކަމެއް ނޫންކަމެވެ. އެގޮތުން އެބައިމީހުން ފަންޑިތަ ހަދާއިރު ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތައް ވަކިވަކީ އަކުރުތަކުގެ ގޮތުގައި ލިޔެ، އަކަކުރަހާ، ވަޅިޖެހުމާއި، ތަވީދުއެޅުން ފަދަ ކަންކަން ކުރެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *