ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ފަލަސްތީނުގެ އަސްލު ޙާލަތު ދެނެގަތުމަކީ މުސްލިމުންގެ ޢަޤީދާއާއި ގުޅިފައިވާ ކަމެއް: ޝެއިޚް ފިކުރީ

Miadhu Mi Fennany Muslimunnah Air Muslimun Aii Gadha Kuraa Than: Sheikh Fikury

ފަލަސްތީނުގެ އަޞްލު ޙާލަތު ދެނެގަތުމަކީ މުސްލިމުންގެ ޢަޤީދާއާއި ގުޅިފައިވާ ކަމެއް ކަމަށް އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ޝެއިޚް ފިކުރީ މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. އިބްރާހީމްގެފާނަކީ ޔަހޫދީއެއް ނުވަތަ ނަޞާރާއެއް ވެސް ނޫނެވެ. އެކަލޭގެފާނަކީ ޙަނީފިއްޔަތުގައިވާ ﷲ ގެ އެއްކައުވަންތަ ކަމުގައި ހުރި މުސްލިމެކެވެ. މީގެ އިތުރުން ޔަހޫދީން ވަނީ އެބައި މީހުންނަށް ﷲ ތަޢާލާ ވަޢުދުވި ބިމޭ ބުނެ އެބިމަށް ވަދެގަތުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެމީހުން ވަނީ ﷲ ތަޢާލާގެ ނަބިއްޔުންނަށް ކާފަރުވެފައެވެ.

އަދި ހަމަ އެހެންމެ އެމީހުން ވަނީ އިސްލާމް ދީނަށް ވެސް ކުފުރުވެފައި ކަމެވެ. އަދި އަމިއްލަ ގޮތްތަށް އޭގެ ތެރެއަށް ވައްދާ އެމީހުން ވަނީ ޝިރުކުގެ ތެރެއަށް ވަދެގެން ގޮސްފައެވެ. ޔަހޫދީން އެބަޔަކަށް ނިސްބަތްވާ ޔަޢުޤޫބު ޢަލައިހިއްސަލާމްގެ ދަރިކޮޅުން ވަޑައިގެންނެވި ޔަހޫދްއާއި ހަމައަށްވެސް ޔަޢުޤޫބު ޢަލައިހިއްސަލާމްގެ ދަރިކޮޅުގެ މީހުންނަކީ ޝިރުކު ކުރައްވާފައި ތިބި ބައެއް ނޫނެވެ. މިއަދު ޒަޔަނިސްޓުން އެމީހުންގެ ބިމޭ ބުނަންވެސް ލަދުގަންނަން ޖެހޭކަމެވެ.

މީގެ އިތުރުން ޔަހޫދީން ވަނީ އެމީހުން އަމިއްލައަށް ހަދާފައިވާ ޕްރޮޕެގެންޑާތަކެއްގެ ތެރެއިން އެމީހުންނާއި ދިނީ ގޮތުން ގުޅުންހުރި ބިމެއް ކަމަށް ބުނެ ފަލަސްތީނަށް ވެރިވެެގަންނަން މަސައްކަތް ކުރަމުންނެވެ. އެއީ އަސްލު ޙަޤީޤަތުގައި ދީނީ އެއްވެސް ކަމެއް އެމީހުންގެ ކިބައިގައި ހުރެގެން ނޫންކަމާއި އެބިމަކީ ދުނިޔޭގެ އެންމެ ސްޓްރެޓަޖިކް ބިމުގެ ގޮތުގައި، އެންމެ މުއްސަނދި، ދުނިޔޭގެ މެދު އަދި އެތަނަށް މަތިންނާއި ތިރިން ދަތުރުކޮށްގެން މެނުވީ ހުޅަނގާއި، އުތުރު، މެދުއިރުމައްޗާއި ގުޅުވައިދޭ ސްޓްރެޓަޖިކް ބިމަކަށް ވުމުގެ ސަބަބުން އެމީހުން އަތްގަދަކޮށް ވެރިވެގަންނަން މަސައްކަތް ކުރަމުންދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *