ދަރުސް ޚަބަރު އިސްލާމްދީނުގައި މިނިވަންކަމުގެ އަގު ވަރަށް މުހިއްމު އަގެއްގެ ގޮތުގައި ބަލާ: ޝެއިޚް އަލީ ޒާހިރު

އިސްލާމްދީނުގައި މިނިވަންކަމުގެ އަގު ވަރަށް މުހިއްމު އަގެއްގެ ގޮތުގައި ބަލާ: ޝެއިޚް އަލީ ޒާހިރު

Islam Dheenuga Minivankamuge Agu Varah Muhimmu Agegge Gothuga Balaa: Sheikh Ali Zahir

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމްދީނުގައި މިނިވަންކަމުގެ އަގު ވަރަށް މުހިއްމު އަގެއްގެ ގޮތުގައި ބަލާކަމަށް އައްޝައިޚް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައި ވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ އިންސާނުން ކޮންޓްރޯލް ކޮށްގެން ގެންގުޅޭ އުޅުން އެކަން އަސްލު ޙަޤީޤަތުގައި ނިމުމަކަށް ގެނައުމަށްޓަކައި މާތްވެގެންވާ އިސްލާމްދީން ބާރުއަޅުއްވާފައިވާ ކަމަށެވެ. އެކި އެކި ކަންކަމުގައި އަޅުން މިނިވަން ކުރުމަށާއި، މާތްވެގެންވާ އަޞްޙާބު ބޭަކަލުން، އެބޭކަލުންގެ ވާހަކަފުޅުތަކުންނާއި ބަސްފުޅުތަކުން އެކަންކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އިނގިގެން ގޮސްފައިވެއެވެ.

މީގެ އިތުރުން ޙަޤީޤަތަށް ބަލައިފިކަމުގައި ވާނަމަ މިނިވަން ބައެއްގެ ގޮތުގައި އިސްލާމުން ތިބުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އެގޮތުން ﷲ ތަޢާލާ އަށް އަޅުކަންކުރާ މުއުމިނުންގެ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދެއްކެވި މަގުން ހިނގާ މިނިވަންކަމާއި އެކީ އެއަށް ޢަމަލުކޮށް ތައުޙީދުގެ މަތީގައި އެއްކައުވަންތަ ކަމުގެ ދީނުގައި ރަނގަޅަށް ހިފަހައްޓައިގެން ތިބުމުގެ އެއަސާސްތައް މާތްވެގެންވާ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތުގެ އެކަލޭގެފާނުގެ އަޞްހާބު ބޭކަލުންގެ މެދުގައި ޤާއިމު ކުރެއްވިއެވެ.

އަދި ހަމަ އެހެންމެ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ޣައިރު މުސްލިމުންގެ އާދަކާދަތައް ނައިސް އޮންނާނެ ގޮތަކަށް ކަންކަން ބައްޓަންވެގެން ދިއުމަކީ ވަަރަށް މުހިއްމު ކަމެއްގެ ގޮތުގައި ބެއްލެވިއެވެ. އެގޮތުން ޢާއްމުކޮށް ކުރައްވާ ކަންކަމުގައާއި އަޅުކަންކަމުގައި އެހެން ދީންތަކާއި ތަފާތުކުރަން މަސައްކަތް ކުރެއްވިއެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.