ދަރުސް ޚަބަރު ފަލަސްތީން މައްސަލަ އަކީ މުސްލިމުންގެ ދީނީ ޢަޤީދާއާއި ތާރީޚާ ގުޅުން ހުރި ކަމެއް: ޝެއިޚް ސަމީރު

ފަލަސްތީން މައްސަލަ އަކީ މުސްލިމުންގެ ދީނީ ޢަޤީދާއާއި ތާރީޚާ ގުޅުން ހުރި ކަމެއް: ޝެއިޚް ސަމީރު

Thakuraarukoh Thaubaavi Namaves Allah Thalaa Emyhegge Thaubaa Gabool Kuravvaane: Sheikh Sameer

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްތީން މައްސަލަ އަކީ މުސްލިމުންގެ ދީނީ ޢަޤީދާއާއި ތާރީޚާ ގުޅުން ހުރި ކަމެއް ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝެއިޚް ސަމީރު މިހެން ވިދާޅުވެފައި ވަނީ ޖަމިއްޔަތުންސަލަފުން ބާއްވާ ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ޔަހޫދީން ޤަބޫލުކުރާ އުޞޫލަކީ މަޤްޞަދު ޙާސިލު ކުރުމަށްޓަކައި ކޮންމެ ވަސީލަތެއްވެސް އިޚްތިޔާރު ކުރެވިދާނެ ކަމަށެވެ. އޭގެ މާނައަކީ ޙާސިލުކުރަން ބޭނުންވާ މަޤްސަދު އެމީހުންނަށް ކަމުދިޔުމުން އެ މަޤްސަދެއް ޙާސިލުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް، އެއީ ކޮންމެ ކަމެއް ކަމުގައިވިޔަސް އެކަން އެމީހުންނަށް ހުއްދަވާނެއެވެ.

މީގެ އިތުރުން އެ އުސޫލުން މަސައްކަތް ކުރުމަށް ދުނިޔޭގެ އެކި އެކި މީޑިއާތަކުގައި އެމީހުންގެ ނުފޫޒު ފޯރުވާ، ގައުމުތަކުގެ ވެރީންގެ މައްޗަށް އެމީހުން ނުފޫޒު ފޯރުވާ، ދުނިޔޭގެ އެންމެ ނުރައްކާތެރި އެންމެ ނުބައި ޖަރީމާތައް ހިންގާ، ބަދުއަޚުލާޤީ ޢަމަލުތަކާއި، މީހުން ނިޒާމުން ގެއްލުވާލުމާއި، ފައިސާ ދީގެން މީހުން މެރުން ފަދަ ކަންކަން އެމީހުން ކުރަމުން ދެއެވެ.

އަދި ހަަމަ އެހެންމެ ޔަހޫދީންނާއި ދެކޮޅަށް ވާހަކަދައްކާ މީހުން އެއީ ކޮންމެ ޤައުމެއްގައި ހުރި ބައެއް ކަމުގައި ވިޔަސް ނިޒާމުން ދުއްވާލައެވެ. އެއީ އެމީހުންނަށް ވަރަށް އާދައިގެ ކަމަކަށް ވަނީ ވެފައެވެ. މުސްލިމް ދަރީންގެ ވިސްނުމާއި ފިކުރާއި ކުޅުމަށްޓަކައި ތަޢުލީމީ މަންހައްޖުގެ ތެރެއަށްވެސް އެމީހުން އަތްބާނަމުން ދެއެވެ. އެގޮތުން ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ ޤުރްއާނުގައި އައިސްފައިވާ އާޔަތްތައް މުޤައްރަރުން ވަކިކުރުމަށް ބުނެއެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.