ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

އިސްލާމީ ޙިޖާބުން ނިވާވެއްޖެނަމަ މިޒަމާނުގައި ވަނީ ނާހަތުޒީބު ބަޔަކަށް: ޝެއިޚް ފިކުރީ

Falastheenuge Aslu Haalath Dhenegathumaky Muslimunge Ageedhaa Aa Gulhifai Vaa Kameh: Sheikh Fikury

އިސްލާމީ ހީޖާބުން ނިވާވެއްޖެނަމަ މިޒަމާނުގައި ވަނީ ނާތަހުޒީބު ކަމަކަށް ކަމަށް އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައި ވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ސިލްސިލާ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފެފައި ވަނީ މޫނު ބުރުގާ އަޅާތީ ވަޒީފާއިން ވަކިކުރާ ކަމަށާއި ސްކޫލްތަކާއި ތަޢުލީމީ ވެއްޓާއި ބެހޭ ޤާނޫނުތަކާއި ގަވާއިދުތައް އިތުރުކޮށް ހަދައެވެ. އެގޮތުން ކާކުކަން ނޭނގޭ ގޮތަށް ހެދުން އަޅައިގެން ހުންނަ މީހަކު ސްކޫލްތަކަށް ނުވަދެވޭނެ ކަމަށާއި އެއީ ހަރުކަށި ފިކުރުގެ ޢަލާމާތެއް ކަމަށްވެސް އެމީހުން ބަލާކަމަށް ޝެއިޚް ވިދާޅުވެފައިވެއެވެ.

އެކަމަކު އެއާޚިލާފަށް މިއަދު ފެނިގެން މިދަނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެންމެން އެމީހުންގެ މޫނުތައް ނިވާކޮށްގެން ނުވަތަ އަނގައާއި ނޭފަތް ނިވާކޮށްގެން ނޫނިއްޔާ ސްކޫލްތަކަށް ވެސް ނުވަދެވޭ ގޮތަށް ވަނީ ކަނޑައަޅާ އަދި މަޖުބޫރުވެސް ކޮށްފައެވެ. މިއަދު އެއާޕޯޓްތަކުގައި ވެސް މި ފެންނަނީ އެންމެ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާފައި ހުންނަތަނެވެ.

މީގެ އިތުރުން މިނިވަންކަމަށް ގޮވާލާ ގައުމުތަކުގައި ކަންތައް ހުންނަ ގޮތަކީވެސް ޒަމާނީ ފިކުރެއްގައި ބުނަނީ އެމީހަކު ބޭނުން ހެދުމެއް ލައިގެން އުޅެވޭނެ ކަމަށާއ ބޭނުން ނަމަ ހެދުން ނުލާވެސް އުޅެވޭނެ ކަމަށެވެ. ނަމަވެސް އެޤައުމުތަކުގައި އަންހެނަކު ނިވާކޮށްފިނަަމަ އެއްވެސް ސަބަބެއް ނެތި ބުރުގާއަށް ދަމާ ވައްޓާ ހަދައެވެ.

އަޅުގަނޑުމެންގެ ތެރެއަށްވެސް މިއަދި ބަޔަކު މީހުން މިފިކުރު ވައްދަމުން އެބަދެއެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ޒަމާނީ ވިސްނުމަކީ އިސްލާމް ދީނުގައި ވަކި އިސްތަށިގަނޑު ނިވާކޮށްގެން ބުރުގާ އަޅައިގެން ނުވަތަ މޫނު އަޅަންޖެހޭ ކަމަަކަށް އައިސްފައެއް ނެތްކަމަށެވެ. އަދި މުސްލިމަކަށް ކޮންމެ ކަހަލަ ހެދުމެއްވެސް ލެވޭނެކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *