އެންމެ ފުރަތަމަ އިޞްލާޙުކުރަންވީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުކަމަށް ޒިމްބާބްވޭގެ މުފްތީ އިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.
މުފްތީ މެންކް މިހެން ވިދާޅުވެފައިވަނީ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވެފައި ވަނީ ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެން މުސްލިމުން އެހެން މީހުން އުޅޭ ނޫޅޭ ގޮތް ބަލާ ހަދާކަމުގައެވެ. އެމީހުން ކުރާ ގޯސް ކަންކަން ބަލާހަދާކަމުގައެވެ. އަދި މީހުން ކައިރި ތިބާ އެފަދަ ގޮތަކަށް ނޫޅޭނެކަމަށް ވެސް ބުނެއެވެ. ނަމަވެސް ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ނޭނގި ނަމަވެސް، އެފަދަ މީހުންނަށް ވުރެ އުޅުން ގޯސްވެގްންދެއެވެ.
މީގެ އިތުރުން ޝެއިޚް ވިދާޅުވެފައި ވަނީ މީހުން ކޮންމެ އެއްޗެއްކީކަމުގައި ވިޔަސް ތިބާ އަމިއްލައަށް ތިބާގެ އަމިއްލަ ނަފްސު އިޞްލާޙުކުރަން މަސައްކަތް ކުރުމަށެވެ. އެއިރުން ކާމިޔާބު ލިބޭނެކަމަށެވެ. ނަމަވެސް އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ ގިނަ މީހުން ޤަބޫލުކުރަނީ އެމީހެއްގެ އަމިއްލަ ނަފްސު އިޞްލާޙުކުރަން ނުޖެހޭނެކަމަށެވެ. އަދި އަމިއްލައަށް ބަދަލުކުރަންޖެހޭ ފަދަ އެއްވެސް ސިފައެއް ނުވަތަ އުޅުމެއް ނެތްކަމަށްވެސް ދަނީ ބުނަމުންނެވެ. މިއީ ވަރަށް ހިތާމަހުރި ކަމެއްކަމަށްވެސް ޝެއިޚް ވަނީ ވިދާޅުވެފައެވެ.
ޝެއީޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ އަމިއްލައަށް ކުރެވޭ ކުށްތައް އަމިއްލަައަށް އިޞްލާޙުކުރަން މަސައްކަތް ކުރުމަށާއި އެންމެ ފުރަތަމަވެސް އަމިއްލަ ނަފްސުގެ މަތީން ހަނދާންކޮށް ފާފަފުއްސެވުން އެދި ﷲ ތަޢާލާގެ ހަޞްރަތަށް އަބަދުވެސް ދުޢާ ދަންނަވުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައެވެ.

















ޚިޔާލު