ރާއްޖޭގެ ޚަބަރު

“މުޞްޙަފް މާލްދީފް”ގެ ފުރަތަމަ ކޮޕީތައް މާދަމާ ބަހަން ފަށަނީ

ފޮޓޯ: ރައީސް އޮފީސް

“މުޞްޙަފް މާލްދީފް” ގެ ނަމުގައި ރާއްޖެއަށް ޚާއްސަ މުސްޙަފެއް ޗާޕްކޮށް ކޮންމެ ދިވެއްސަކަށް އޭގެ ކޮޕީއެއް ދެއްވުމަށް ސަރުކާރުން ފެއްޓެވި މަޝްރޫޢުގެ ދަށުން މިހާތަނަށް ޗާޕްކުރައްވައިގެން ގެންނަވާފައިވާ މުޞްޙަފްތައް މާދަމާ ޢާންމުންނަށް ބައްސަވަން ފައްޓަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މި މަޝްރޫޢުގެދަށުން އެންމެ ފުރަތަމަ ޗާޕްކޮށްގެން ގެންނަވަން ނިންމީ 50،000 މުޞްޙަފެވެ. އެހެންނަމަވެސް މިހާރު އިސްލާމިކް މިނިސްޓްރީން ވަނީ 100،000 މުޞްޙަފް ޗާޕްކޮށްގެން ގެނެސްފައެވެ.

މުސްހަފް މާލްދީފްގެ ކޮޕީތައް އާއްމުންނަށް ބައްސަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ސަރުކާރުގެ ބަޖެޓުން މިމަޝްރޫއުއަށް އެއްވެސް ޚަރަދެއް ނުދާއިރު މިއީ އިސްލާމިކް މިނިސްޓްރިއާއި ބަހްރެއިންގެ ގުރުއާން ކެއަރ ސޮސައިޓީން ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

“މުޞްޙަފް މާލްދީފް” ނުވަތަ ރާއްޖޭގެ މުސްޙަފް ގެ ނަމުގައި ޗާޕްކުރެއްވި ކީތިރި ޤުރްއާނުގެ މުޞްޙަފަކީ، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތަކާއި، ދިވެހިންގެ ފަންނުވެރިކަމާއި، އިސްލާމީ ޘަޤާފަތް ރަމްޒުވާ ކުރެހުންތައް ހިމެނޭ، ލޭއައުޓަކާއެކު ޗާޕުކުރި މުޞްޙަފެކެވެ.

ގުޅުންހުރި

1 ޚިޔާލު

  1. koba konthaakun libeynee.. kondhuvahaku bahanee

Your email address will not be published. Required fields are marked *