ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ އާ ގުޅިގެން އެމްސީއައިއެފް އިން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ޕީއެޗްޑީ ފެންވަރުގެ ކޯސްތަކެއް ހިންގުމަށް އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމުގައި އެމްސީއައިއެފްގެ ފަރާތުން ސޮއިކުރެއްވީ ވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ އެވެ. އަދި ޔުސިމް ގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޕްރޮފެސާ ދާތޯ މޫސާ އަހްމަދެވެ.
އްބަސްވުމުގެ ދަށުން ޔުސިމްގެ ޕީއެޗްޑީ އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ރާއްޖޭގައި ހިންގުމަށް އެމްސީއައިއެފްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އޭގެ އިތުރުން އެމްސީއައިއެފް އިން ކުރިއަށް ގެންދ ތަފާތު ދިރާސާތަކުގައި ރިސާޗް ޕާޓްނަރެއްގެ ގޮތުގައި ޔުސިމް އިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އެމްސީއައިއެފް އާއި ޔުސިމް އާ ދެމެދު ސޮއި ކުރި އެއްބަސް ވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕީއެޗްޑީ ކޯސްތައް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށް އެމްސީއައިއެފް އިން ބުނެ އެވެ.

















ޚިޔާލު