ރާއްޖޭގައި ފުރަތަމަ އިންވެސްޓްމަންޓް ފަންޑެއް ރަޖިސްޓްރީކޮށްފިއެވެ.
ސީއެމްޑީއޭއިން ވަނީ ފަންޑު ހިންގުމުގެ ހުއްދަ ވޯޓާކްރެސް ގްރޯތު ފަންޑް ޕްރައިވެޓް ލިމިޓެޑަށް އިއްޔެ ދީފައެވެ.
ސީއެމްޑީއޭއިން ބޭއްވި ރަސްމިއްޔާތެއްގައި ފަންޑު ރަޖިސްޓްރީ ކޮށްދިން ކަމުގެ ލިޔުން ވަނީ ވޯޓާކްރެސް ގްރޯތު ފަންޑް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވާއިރު އިންވެސްޓްމަންޓް ފަންޑް ރެޖިސްޓްރޭޝަން ތަޢާރަފްކުރުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ގާއިމްކުރެވޭ އިންވެސްޓްމަންޓް ފަންޑްތަކަކީ ޢާންމުން އިތުބާރުކުރާ ފަންޑުތަކަކަށް ހެދުުން ކަމަށް ސީއެމްޑީއޭ އިން ބުނެއެވެ.
ކުރިމަގުގައި އެފަދަ ފަންޑުތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތު އާންމުނަށް ހުޅުވާލުމާއި، ހަރުދަނާ ނިޒާމެއްގެ ދަށުން ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ބައިވެރިވާ އިންވެސްޓަރުން އިތުރުކުރުމާއި، ފައިސާ ހޯދުމަށް މާކެޓުގައި ހުރި ފުރުސަތުތައް އިތުރުކުރުމަކީވެސް އިންވެސްޓްމަންޓް ފަންޑް ރެޖިސްޓްރޭޝަން ތަޢާރަފްކުރުމުގެ ބޭނުމެއް ކަމަށް އެފަރާތުން ބުނެއެވެ.
ފަންޑް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ފަންޑެއް ހިންގޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނާޝިޕަކަށެވެ
ރަޖިސްޓަރީކޮށްފައިވާ ފަންޑަކުން، ފަންޑަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވައިލެވޭނީ، ޕަބްލިކް ކުންފުންޏަކަށް ނުވަތަ 10 ޕާޓްނަރުންނަށް ވުރެ ގިނަ ޕާޓްނަރުން ހިމެނޭ ޕާޓްނަރޝިޕް ކުންފުނިތަކަށެވެ.
އިންވެސްޓްމަންޓް ފަންޑަކީ، ފަންޑުގެ ބައިވެރިންގެ އަތުން ނެގޭ ސަބްސްކްރިޕްޝަން، ބޭންކް ޑިޕޮސިޓް އަދި އެހެންވެސް މުދަލެއްގައި އިންވެސްޓުކޮށް، އެއިން ލިބޭ ޑިވިޑެންޑް، އިންޓްރަސްޓް، ކެޕިޓަލް ގެއިން ނުވަތަ އެފަދަ އެހެންވެސް މާލީ ނަފާތައް ފަންޑަށް ސަބްސްކްރައިބްކުރި ފަރާތްތަކަށް ހޯދައިދިނުގެ މަގުސަދުގައި، އެކަމަށް ހާއްސަކޮށް ގާއިމުކުރެވޭ ޤާނޫނީ ޝަޚްޞެކެވެ.

















ޚިޔާލު