ދުނިޔެ އާއި ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާމެދު ދީނީ ނަޒަރަކުން މަޝްވަރާކުރުމަށް އިސްލާމީ ޔުނިވާސިޓީ އން އިންތިޒާމު ކޮށްގެން ބޭއްވުމަށް ނިންމާފައިވާ އައިސީއައިއޭ 2016 ކޮންފަރެންސް މިމަހުގެ 19 ވަނަ ދުވަހު ފަށާނެއެވެ. މި ކޮންފަރެންސް ފައްޓަވައިދެއްވާނީ، ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.
އިސްލާމީ ޔުނިވާސިޓީ އިން އިންތިޒާމުކޮށްގެން ބާއްވާ މިކޮންފަރެންސްގައި، ޓެރަރިޒަމް ހުއްޓުވުމާއި، ގެވެށި އަނިޔާ އާއި ޖިހާދު ފަދަ މައްސަލަތަކާމެދު ދީނީ އަދި އިލްމީ ނަޒަރަކުން މަޝްވަރާކުރާނެއެވެ،
— Islamic University of Maldives (@IUM_official) November 15, 2016
މި އަހަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ އިސްލާމިކް ޑިޕާޓްމަންޓްތަކުގައި އިސްކޮށް ހަރަކާތްތެރިވާ 27 ބޭފުޅުން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ކޮންފަރެންސް އިންތިޒާމް ކުރަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އިންނެވެ.
މި ކޮންފަރެންސް ގައި ބުރުނާއީ، ސައޫދީ އަރަބިއާ، ޕާކިސްތާން، ޔޫކޭ، އެމެރިކާ އަދި ތުރުކީ ފަދަ ގައުމުތަކުގެ ޔުނިވަސިޓީތަކުގެ އިސް ފަރާތްތައް ބައިވެރިވާނެއެވެ. .
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިސްލާމިކް ޔުނިވަސިޓީތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާ މި ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 19 އިން 20 ގެ ނިޔަލަށެވެ.

















ޚިޔާލު