އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ދެވޭނީ ހަމައެކަނި ދިވެހިބަހުން ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު މުސްތަފާ ބުނީ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އަށް އިސްލާމީ މަރުކަޒުގައި ޚުތުބާ ދިނުމުގެ ފުރުސަތު ނުދެވުނީ އިސްލާމީ މަރުކަޒުގައި ދޭ ހުތުބާއަކީ ދިވެހި ބަހުން ދޭން ޖެހޭ ހުތުބާއަކަށްވަތީ ކަމަށާއި އެ ހުތުބާއަކީ ލައިވްކުރާ ހުތުބާއަކަށްވާތީ ކަމަށެވެ.
ރާއްޖޭގެ އެންމެނަށް ފެންނަ ގޮތަށް ޓީވީން ލައިވްކުރާ ހުކުރު ހުތުބާއަކީ އެންމެނަށް އެނގޭ ބަހަކުން ގެނެސްދޭ ހުތުބާއަކަށް ހަދަން ގާނޫނުގައި ލާޒިމްކޮށްފައިވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ. މީގެ ކުރިންވެސް އިސްލާމީ މަރުކަޒުގައި އިނގިރޭސިބަހުން ޚުތުބާ ދިނުމުން ގިނަ ބައެއްގެ ޝަކުވާ ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަންނަ ހުކުރު ދުވަހު މުފްތީ މެންކްގެ ޙުތުބާ ފުރުްގާނު މިސްކިތުގައި ޚުތުބާ ދިނުމަށް ހުއްދަ ދީފައިވާއިރު އެ މިސްކިތަކީ ދެވަނައަށް އެންމެ ގިނަ މީހުން ހުކުރަށް ދާ މިސްކިތްކަމަށް މުސްތަފާ ވިދާޅުވިއެވެ.
މުފްތީ މެންކް ރާއްޖެ ގެންނަ ޖަމިއްޔަތުއް ރަހުމާއިންވެސް މިކަމުގައި އެއްވެސް އިއުތިރާޒެއް ނުކުރާ ކަމަށާއި، މުފްތީގެ ހުތުބާގެ ތަރުޖަމާއެއް މިނިސްޓްރީއަށް ހުށަހަޅަން އެންގީ ހުތުބާ ދެއްވާއިރު އޭގެ ތަރުޖަމާއެއް މިސްކިތަށް ހުކުރަށްދާ ފަރާތްތަކަށް ބެހުމަށް ކަމަށް މުސްތަފާ ވިދާޅުވިއެވެ.

















ޚިޔާލު