ތިން ވަނަ "މޯލްޑިވްސް އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް ކޮންފަރެންސް" މި މަހުގެ 17 ވަނަ ދުވަހު އޮންނާނެއެވެ.
މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުން އިސްލާމިކް ފައިނޭންސިންގ ގެ ޚިދުމަތް ފޯރުކޮށްދޭ ބޭންކް ތަކާއި ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކުން ބައިވެރިވާނެއެވެ. މި ކޮންފަރެންސްގެ ޗެއާޕާސަން އަކީ ރާއްޖޭގައި މިވަގުތު ހުންނެވި އިސްލާމިކް ފައިނޭންސިންގ ގެ ދާއިރާގައި އެންމެ ފުންނާބު އުސް އެއް ފަރާތްކަމުގައިވާ ޑރ އާއިޝަތު މުނީޒާ އެވެ.
މި ކޮންފަރެންސްގައި މަޝްވަރާކުރާނެ ދާއިރާތަކުގެ ތެރޭގައި ޓުއަރިޒަމްގެ ދާިއރަގައި އިސްލާމިކް ފައިނޭންސިންގެ ރޯލާއި،, ބައިނަލް އަޤްވާމީ އިސްލާމިކް ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކަށް ރާއްޖެގައި ހުރި ފުރުސަތުތަކާއި، ސޯޝަލް މީޑިއާ އާއި ފަހުގެ ޓެކްނޮލަޖީ އާއި އިސްލާމިކް ފައިނޭންސް އާިއ ހުރި ގުޅުމުގެ އިތުރުން އިސްލާމިކް ފައިނޭންސިންގ އަށް ރާއްޖޭގައި ހުރި ފުރުސަތުތައް ހިމެނެއެވެ.
މި ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި އަޔާދީ ތަކަފުލް އާއި އިސްލާމިކް ބެންކް، ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ހިމެނެއެވެ. ކޮންފަރެންސް އޮންނާނީ މިމަހުގެ 17 ގައި ބަނޑޮސް މޯލްޑިވްސް ގައެވެ.

















ޚިޔާލު