ރާއްޖޭގެ ޚަބަރު

ޖެނުއަރީ މަހު އައިޔޫއެމް އިން އިސްލާމިކް ފައިނޭންސްގެ ކޯސްތަކެއް

އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން މަތީ ތައުލީމުގެ ފުރުސަތުތައް އިސްލާމީ ޔުނިވާސިޓީ އިން ހުޅުވަލާ، ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އަންނަ ޖެނުއަރީ މަހު ފަށާ މި ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވަލާފައިވާއިރު، އަންނަ ޖެނުއަރީ މަހު އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ޑިޕްލޮމާ އިން އިސްލާމިކް ފައިނޭންސް އަދި ބެޗެލާ އޮފް އިސްލާމިކް ފައިނޭންސް ފެށުމަށް ވަނީ ނިންމައިފައެވެ.

މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއަރަމުން އަންނަ އިރެއްގައި މުހިއްމު ކޯސްތަކެއް ކަމަށް އެ ޔުނިވަރސިޓީ އިން ބުނެއެވެ. މިއީ  މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އާ ގުޅިގެން ފަރުމާކޮށްފައިވާ ކޯސްތަކެކެވެ.

މިއީ ދިވެހި ދަރިވަރުން އެދިއެދި ތިބި ކަމެއް ކަމަށާއި  އެ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ މީހުން ރާއްޖޭގެ އެކި ވަޒީފާ ތަކަށް ބޭނުންވަމުންދާ ކަމަށްވެސް އައިޔޫއެމް އިން ބުނެއެވެ.

މީގެ އިތުރުންވެސް އައިޔޫއެމް އިންވަނީ އަންނަ ޖެނުއަރީމަހު ޕޯސްޓް ގްރެޖުއޭޓާއި ޑޮކްޓަރޭޓް ގެ އިތުރުން މާސްޓާރސް އާއި ޑިޕްލޮމާ، ޑިގްރީ އަދި ސެޓްފިކެޓް ލެވެލްގެ ގިނަ ކޯސްތައް ފެށުމަށް ނިންމައިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *