ތ ގުރައިދޫ އިސްލާމިކް އ ެސޯސިއޭޝަން އޮފް ގުރައިދޫ އާއި ގުޅިގެން އަލް އަސްރު ޖަމްއިއްޔާ އިން އެރަށުގައި ޚާއްސަ ދީނީ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފއެވެ.
މިއަދުން ފެށިގެން މިމަހުގެ 12ގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތްތަކުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ޝަމީމް އާއި މޫސާ ޝިފާއުވެސް ބައިވެރިވެ ލައްވާނެއެވެ.
މި ހަރަކާތުގެ ތެރެއިން ނޮވެމްބަރު 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވަނީ "އާ ހަޔާތެއް" ގެ ނަމުގައި ދަރުހެކެވެ. މާދަމާ ހަވީރު "ކުޑަކުދިންގެ ހަވީރު - ޝިފާއުބެ އާއެކު" ގެ ނަމުގައި ޚާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާއިރު މާދަމާރޭ ޒުވާނުންނަށް ޚާއްސަކޮށްގެން "ޒުވާނުންނާއެކު ބާބަކިއު" ގެ ނަމުގައި ހަރަކާތެއް ހިންގުމަށް ވަނީ ނިންމައިފައެވެ.
މީގެ އިތުރުން 12 ނިވެމްބަރު މަހު "ޝައިޚް އަކާއެކު ކޮފީއަކުން" ގެ ނަމުގައިވެސް ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. އަލް އަސްރުގެ މި ހަރަކާތުގެ ތެރެއިން ގުރާދޫގައި އިތުރު ދީނީ ހަރަކާތްތައްވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޖަމްއިއްޔާގެ ފޭސްބުކްގައި ބުނެފައިވެއެވެ.

















ޚިޔާލު