ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ތިބި މީހުނަށް ބޮލަކަށް 900 ރުފިޔާ ރުފިޔާ ބަހަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މުދަލު ޒަކާތުގެ ގޮތުގައި މި އަހަރު ބަހަން ނިންމާފައިވަނީ 11 މިލިއަން ރުފިޔާއެވެ.
ޒަކާތްބެހުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އިން 24 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 16:00 އަށް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. މުދަލު ޒަކާތް ލިބޭ 12335 ފަރާތެއް ހިމެނޭއިރު މާލެ ސަރަހައްދުން 2399 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން 9936 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.
ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައި ތިބި ފަރާތްތަކުގެ ތެރެއިން މާލެ ހުޅުމާލެ, ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގައެވެ. މިކަމަށްޓަކައި އިސްލާމިކް މިނިސްޓަރީގެ ހޯލުގައި 10 ކައުންޓަރު ބެހެއްޓިފައި ހުންނާނެކަމަށް އިސްލާމިކް މިނިސްޓަރީން މައުލޫމާތުދެއްވައެވެ. އަތޮޅުތަކުގައި ނުވަތަ ރަށްރަށުގައި ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ކައުންސިލުންނެވެ.

















ޚިޔާލު