ރާއްޖޭގައި ބާއްވާ ސިއްހީ ދާއިރާގެ އެންމެ ބޮޑު އެކްސްޕޯ "މޯލްޑިވްސް މެޑިކަލް އެކްސްޕޯ 2016"މިމަހުގެ 24 އިން 26 އަށް އާޓް ގެލެރީގައި ކުރިއަށް ދާނެއެވެ.
މިއީ ބޭރުގެ ހޮސްޕިޓަލްތަކާ ސިއްހީ ހިދުމަތްތައް ރާއްޖޭގައި ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމްވީ މެޑިކަލްސް އާއި އިންޑިއާގެ މެޑްލައިފް އޭޝިއާއާ ގުޅިގެން ބާއްވާ ފެއާއެކެވެ.
މި ފެއާގެ މެއިން ސްޕޮންސަރަކީ އޭޑީކޭ އެވެ. ޓްރެވެލިންގ ޕާޓްނަރ އަކީ މޯލްޑިވިއަންއެވެ. މި ފެއާގެ ބޭނުމަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާ ހިދުމަތްތައް ދެވޭނެ ގޮތަށް ވިޔަފާރިތައް އަހުލުވެރިކުރުމާއި އެފަދަ ހިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް އަންގައިދިނުން ކަމަށް އެމްވީ މެޑިކަލްސް އިން ބުނެއެވެ.
މި އެކްސްޕޯގައި 21 ސްޓޯލެއް ހިމެނޭނެއެވެ. މި ފެއާއާއެކު ރާއްޖޭގައި މެޑިކަލް ޓުއަރިޒަމް ތަރައްޤީކުރަން ބޭނުންވާކަމަށްވެސް އެމްވީ މެޑިކަލްސް އިން ވަނީ ބުނެފައެވެ.

















ޚިޔާލު