ރާއްޖޭގެ ޚަބަރު

ކުޑަކުދިންނަށް އަމާޒުކޮށްގެން ނަމާދުގެ މުހިއްމުކަން އަންގައިދޭ ސެޝަންތަކެއް

“ޕްރޭ އެން ޖޯއީ” ގެ ނަމުގައި އުމުރުން 10 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް، ނަމާދާއި، ނަމާދުގެ މުހިއްމު ކަމާ ބެހޭ ގޮތުން ހޭލުންތެރިކުރުވައި ނަމާދަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.

އަލް އަސްރުގެ ފަރާތުން ހިންގާ މި ޕްރޮގްރާމްގައި އުމުރުން 10 އަހަރާއި 12 އަހަރާއި ދެމެދުގެ އަންހެން އަދި ފިރިހެން ކުދިންނަށް އަދި ހަތް އަހަރާއި ނުވަ އަހަރާއި ދެމެދުގެ ކުދިންނަށް ވެސް ބައިވެރިވެވޭނެއެވެ.

10 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒު ކުރާ ސެޝަންތައް  ކުރިއަށްދާނީޑިސެމްބަރު މަހުގެ ދޭތް އަދި ތިންވަނަ ދުވަހުއެވެ. ހަތް އަހަރާއި ނުވަ އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒު ކުރާ ޕްރޮގްރާމް އޮންނާނީ މިމަހުގެ 29 އަދި 30 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމްގައި މައިގަނޑު ހަތަރު ކަމަކަށް ބަލާނެކަމަށް އަލް އަސްރު އިން ބުނެއެވެ. އޭގެ ތެރޭގައި ނަމާދުގެ މުހިއްމު ކަން ކުދިންނަށް ކިޔައިދިނުމާއި، ވުޟޫކުރާނެ ގޮތް ދަސްކޮށްދިނުމާއި، ބަންގި ގޮވާނެ ގޮތާއި، ނަމާދު ކުރާނެ ގޮތް ދަސްކޮށްދިނުން ހިމެނެއެވެ. ސެޝަންތައް ނަގައިދެއްވާނީ ޝައިޙް އާދަމް ޝަމީމާއި  މޫސާ ޝިފާއުއެވެ.

މި ސެޝަންތައް ކުރިއަށް ދާނީ “އިންޓަރެކްޓިވް” ގޮތެއްގައި ކަމަށް އަލް އަސްރު އިން ބުނެއެވެ. ސެޝަންތަކުގައި ބައިވެރިވުމަށް ނަންނޯޓު ކުރުން މިހާރު ވަނީ ހުޅުވާލައިފައެވެ. ސެޝަންތައް ކުރިއަށް ދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *