ދުނިޔެ އާއި ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާމެދު ދީނީ ނަޒަރަކުން މަޝްވަރާކުރުމަށް އިސްލާމިކް ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިސްލާމިކް ޔުނިވަސިޓީތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާ މި ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 19 އިން 20 ގެ ނިޔަލަށެވެ.
މި ކޮންފަރެންސްގައި، ޓެރަރިޒަމް ހުއްޓުވުމާއި، ގެވެށި އަނިޔާ އާއި ޖިހާދު ފަދަ މައްސަލަތަކާމެދު ދީނީ އަދި އިލްމީ ނަޒަރަކުން މަޝްވަރާކުރާނެއެވެ،
މި އަހަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ އިސްލާމިކް ޑިޕާޓްމަންޓްތަކުގައި އިސްކޮށް ހަރަކާތްތެރިވާ 27 ބޭފުޅުން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ކޮންފަރެންސް އިންތިޒާމް ކުރަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އިންނެވެ.
މި ކޮންފަރެންސް ގައި ބުރުނާއީ، ސައޫދީ އަރަބިއާ، ޕާކިސްތާން، ޔޫކޭ، އެމެރިކާ އަދި ތުރުކީ ފަދަ ގައުމުތަކުގެ ޔުނިވަސިޓީތަކުގެ އިސް ފަރާތްތައް ބައިވެރިވާނެއެވެ.

















ޚިޔާލު