އެއީ ހިތްވަރުގަދަ ކުއްޖެކެވެ. އާދައިގެ ކުދިންނަކަށް ދުލެއް ނުކުރެއެވެ. ވަރަށް ރީއްޗަށް ޤުރުއާން ކިޔަވައެވެ. މަޚްރަޖް ވަރަށް ވެސް ރީއްޗެވެ. ބޭނުންވަނީ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް އާދައިގެ އެހެން ކުދިންނެކޭ އެއްފަދަ ދިރިއުޅުމެކެވެ. މިއީ އަހުމަދު ނަބީހުގެ ވާހަކައެވެ. އޭނަގެ ނަން ބުނެލުމުން ކާކުކަން ނެނގުނު ނަމަވެސް، ނަބީހު ފެނުމުން އެއީ ކާކުކަން އެނގޭނެއެވެ.
ނަބީހު މިވަނީ އޭނާ ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއްގައި ކުލަ ޖައްސައިފައެވެ. އޭނާގެ އަޑު މަދަހަ އަލްބަމެއް ނެރެފައެވެ. މިކަން އޭނާ ހާސިލްކޮށްފައިވަނީ މޯލްޑިވިއަން އައިޑަލް އިން ވިދާލި ޝަލަބީ އިބްރާހިމްގެ އެހީތެރިކަމާއެކުއެވެ. ނަބީހުގެ މަދަހަ އަލްބަމް ނެރެދެއވީ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނެވެ. ދުންޔާ ވަނީ ނަބީހުގެ މަސައްކަތަށް ސާބަސް ރައްދުކުރައްވައިފައެވެ. އަދި ނަބީހުގެ ބެލެނިވެރިން ކުރާ ހިތްވަރަށް ދުންޔާ ތައުރީފު ކުރެއްވިއެވެ.
"އަޅުގަނޑުގެ ދަތުރު"ގެ ނަމުގައި ނެރުނު މި އަލްބަމް ނެރެދެއްވުމަށްފަހު ދުންޔާ ވިދާޅުވީ ޓިޒަމް ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންވެސް މުޖުމަތަކަށް ބަލައިގަންނަން ޖެހޭނެ ކަމަށާއި އެފަދަ ކުދިން ގެންގުޅޭ ބެލެނިވެރިންނަށްވެސް ހާއްސަ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
ނަބީހުގެ އަލްބަމް ރެކޯޑް ކޮށްފައިވަނީ ގިނަ ބައެއްގެ އެހީތެރިކަމާ އެކުގައެވެ. އޭގެ ތެރޭގައި ޝަލަބީ އާއި ނަބީހުގެ ސްޕީޗް ތެރަޕިސްޓް ފަރުޒާނާޝައުޤީ ހިމެނެއެވެ.
މީގެ އިތުރުން ނަބީހު ވަނީ ޤުރުއާން ހިތު ދަސްކުރުމުގެ މަސައްކަތްވެސް މިހާރު ފަށައިފައެވެ.

















ޚިޔާލު