މަހަލްދީބު ފައުންޑޭޝަނާއި ފެޑުރޭޝަން އޮފް އިސްލާމިކް މެޑިކަލް އެސޯސިއޭޝަންއާއި އިންޓަނޭޝަނަލް އިސްލާމިކް ރިލީފް އޯގަނައިޒޭޝަންގެ އިތުރުން ދިވެހިރާއްޖޭގެ ހެލްތު މިނިސްޓުރީއާއި ގުޅިގެން މާލެއާއި ހުޅުމާލޭގައި ބޭއްވި 'މަހަލްދީބް ފީމާ ސޭވް ވިޝަން އައި ކޭމްޕަ'ކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ކާމިޔާބު ކޭމްޕްކަމަށް މަހަލްދީބް ފައުންޑޭޝަނުން ވިދާޅުވެއްޖެއެވެ.
މަހަލްދީބު ފައުންޑޭޝަންގެ އޮފިޝަލެއް ދިއިސްލާމަށް ވިދަޅުވީ މިމަހު 4 ން 8 އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލްގައި ކުރިއަށް ގެންދިޔަ މިކޭމްޕްގައި 888 ޕޭޝަޓުންނަށް ޚިދުމަތް ފޯރުކޮށްދީފައިވާކަމަށެވެ. މީގެ ތެރެއިން 36 ޕޭޝަންޓަކުވަނީ ލޮލުގެ ސާޖަރީ ހައްދާފައެވެ.
މިކޭމްޕްގައި ލޮލުގެ ބަލިތަކާ ގުޅޭ ފަރުވާ ދިނުމުގައި ޙަރަކާތްތެރިވެފައިވަނީ ލޮލުގެ ބަލިތަކާއި ގުޅޭ ޚާއްޞަ ޝްޕެޝަލިސްޓުންގެ ތެރެއިން 9 ޑޮކުޓަރުންނެވެ.
މިއައިކޭމްޕްގެ މައި މަރުކަޒެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހުޅުމާލޭ ހޮސްޕިޓަލެވެ. މިއައިކޭމްޕަށް ޚާއްޞަކޮށް ސައުދީ ޢަރަބިއްޔާއިންނާއި ޕާކިސްތާނުން ކޮންމެ ޤައުމަކު ލޮލުގެ ބަލިތަކާއި ގުޅޭ 4 ސުޕެޝަލިޓުން މާލެ ވަޑައިގެންނެވިކަމަށް މަހަލްދީބުގެ އޮފިޝަލް ވިދާޅުވިއެވެ.
މިއައިކޭމްޕަށް އެޕޮއިންޓްމެންޓްގެ ހެއްދުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ރަށަކުންވެސް ހުޅުވާލެވިގެން ދިޔަކަށެވެ. އެހެންކަމުން މިއައިކޭމްޕަށް ރަށްރަށުންވެސް މީހުން އައިސް ފަރުވާ ހޯދާފައިވާކަން މަހަލްދީބުގެ އޮފިޝަލް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް މިކޭމްޕް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ހެލްތު މިނިސްޓްރީއިންވެސް ބުނެފައިވަނީ މަހަލްދީބު ފީމާ ސޭވް ވިޝަން އައިކޭމްޕަކީ ކާމިޔާބު ކޭމްޕެއްކަމަށެވެ.

















ޚިޔާލު