ރާއްޖޭގެ ޚަބަރުއަރަބިދުނިޔެދުނިޔެ

ލީބިޔާގައި ހުންނަ ސައުދީ އެމްބަސީގައި ތިން ކާރެއްގައި ރޯކޮށްލައިފި

މިދިޔަ ހުކުރު ދުވަހު ޓްރިޕޮލީގައި ހުންނަ ސައުދީ އެމްބަސީގެ ޕާރކިން ޒޯނުގައި އޮތް ތިން ވެހިކަލެއްގައި އަލިފާން ރޯކޮށްލައިފިއެވެ.

މި ހާދިސާ ހިނގުމާއެކު ކަމާބެހޭ ފަރާތްތަކުން ވަރަށް އަވަހަށް އަލިފާންނިއްވާލާފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިިބިފައެއް ނުވެއެވެ.

މި ހާދިސާ ތަހުޤީގު ކުރެވެމުން ދާއިރު މި ހާދިސާ ހިނގުމަށް މެދުވެރި ސަބަބެއް ކަމުގައި ބެލެވެނީ ކަރަންޓް ޝޯޓެއް ކަމުގައެވެ. އަދި ސައުދީގެ ޚާއްސަ ވަފުދެއް މި ތަހުޤީގައި ބައިވެރިވާނެކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުން މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެކެވެ.

ފަހަކަށް އައިސް، ލީބިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެކި ޤައުމުތަކުގެ އެމްބަސީތަކަށް ޢަމާޒުކޮށް ހަތިޔާރު އެޅި ޖަމާޢަތްތަކުން ހަމަލާތައް ދެމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *