އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އާ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސް (ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ) ގުޅިގެން، އަންނަ އަހަރުގެ ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މާސްޓަރޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމްއައިއެފްޕީ) ކޯހުގެ އެޕްލިކޭޝަން އަދި ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުގެ 14:00 އަށް ހަމަވާނެ ކަމަށް ސީއެމްޑީއޭއިން ބުނެފިއެވެ.
ސީއެމްޑީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކުއްލިއްޔާގައި ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގެ ޖާގައަކީ 30 ކުދިންނެވެ. ކޯހުގެ އެޕްލިކޭޝަން ފޯމާއި ތަކެތި ހުށަހަޅަންޖެހެނީ ކުއްލިއްޔާއަށެވެ.
ކުއްލިއްޔާގެ ރިސެޕްޝަނުންނާއި ސީއެމްޑީއޭގެ ވެބްސައިޓް އިން ފޯމް ލިބެން ހުންނާނެއެވެ.
މި ކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ކުއްލިއްޔާއިންނާއި ސީއެމްޑީއޭގެ ވެބްސައިޓް އާއި އޮތޯރިޓީގެ ފޭސްބުކް ޕޭޖް އަދި އެ އޮތޯރިޓީގެ ނަންބަރު 3014112 ފޯނާ ގުޅުއްވުމުން ލިބެން ހުންނާނެ ކަމަށް ސީއެމްޑީއޭއިން ހާމަކުރެއެވެ.

















ޚިޔާލު