ރާއްޖޭގެ ޚަބަރު

ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތްއިން ރާއްޖޭގެ ދެކުއްޖަކަށް ސްކޮލަޝިޕެއް ދެނީ

International Islamic University Malaysia

ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތްއިން ރާއްޖޭގެ ދެކުއްޖަކަށް ސްކޮލަޝިޕެއް ދޭގޮތަށް ހަމަޖެހިއްޖެއެވެ.

ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތްގެ އެހީގައި ދޭން ހަމަޖެހިފައިވާ ސްކޮލަޝިޕް ދޭން ހަމަޖެހިފައިވަނީ މެލޭޝިޔާގެ އިންޓަނޭޝަލް އިސްލާމިކް ޔުނިވަރސިޓީއިންކަމަށް ދިއިސްލާމް އަށް ވަނީ ހަބަރުލިބިފައެވެ. މިސްކޮލަޝިޕް ދޭން ހަމަޖެހިފައިވަނީ ދާދިފަހުން ވުޖޫދަށް އައި އިސްލާމީ ޖަމިއްޔާއެއްކަމުގައިވާ 'އިސްލާމީ ވަޙުދަތު ލީގް' މެދުވެރިކޮށްކަމަށް އެޖަމިއްޔާއިން ހާމަކުރައްވައެވެ.

ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތްގެ 10 ބޭފުޅަކު ރާއްޖެ ވަޑައިގެން ރާއްޖެއަށް ކޮށްދެވިދާނެ ކަންތައްތަކާ ބެހޭގޮތުން އެކި ޖަމިއްޔާ ޖަމާއަތްތަކާއި ދަނީ މަޝްވަރާތައް ބާއްވަމުންނެވެ. އެގޮތުން މިސްކޮލަޝިޕް ދިނުމަށް ހަމަޖެހިފައިވަނީ އިސްލާމީ ވަޙުދަތު ލީގް އާއި ދެމެދު ބޭއްވުނު މަޝްވަރާތަކަކަށް ފަހުގައިކަމަށް ހަބަރުލިބެއެވެ.

ދެފަރާތުގެ މެދުގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި 'ދެޖަމިއްޔާގެމެދުގައި ގުޅުންބަދަހިކޮށް، ދެޖަމިއްޔާގެ މަޤްސަދުތައް ހާސިލްކުރުމުގައި އެއްބާރުލުން ދިނުމާއި ބެހޭގޮތުން' ވަނީ ވާހަކަ ދެކެވިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *