ރާއްޖޭގެ ޚަބަރު

ދިއިސްލާމް މަޖައްލާގެ ނޮވެމްބަރު މަހުގެ ޢަދަދު ނުކުމެއްޖެ

ދިއިސްލާމް މަޖައްލާ ގެ ނޮވެމްބަރ 2013 ގެ ޢަދަދު | ފޮޓޯ: އަޝްވާގު

ދިއިސްލާމް މަޖައްލާގެ ނޮވެމްބަރު މަހުގެ ޢަދަދު ނުކުމެއްޖެއެވެ.

"ފްރީމޭޝަނަރީ"ގެ ކަވަރ ސްޓޯރީއާއެކު ދިއިސްލާމް މަޖައްލާގެ ނޮވެމްބަރު މަހުގެ ޢަދަދު ނެރެފައިވަނީ ނޮވެމްބަރު 2 ވަނަ ދުވަހުން ފެށިގެންނެވެ. ދިއިސްލާމް އިން މަހަކު އެއްފަހަރު ނެރެމުންދާ މަޖައްލާގެ މިމަހުގެ ޢަދަދު ހާއްސަކޮށްފައިވަނީ "ފްރީމޭޝާނަރީ: ސިއްރު ރޭވުންތެރި، ޝައިތާނީ ޙަރަކާތެއް" މިމައުލޫއަށެވެ، އިތުރު މައުލޫގެ ތެރޭގައި ޔޫސުފް އީސްޓަސް އިސްލާމްވި ގޮތާއި ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީންގެ ވަނަވަރާއި ކާހިނުން ގާތަށްގޮސް ކަންކަން އޮޅުންފިލުވާ ހެދުމުގެ ހުކުމާއި ބެހޭގޮތުން އަލި އަޅުވާލާފައިވާނެކަމަށެވެ. އަދި ޝެއިޚް އަބްދުﷲ ލިޔުއްވާފައިވާ "ޅައުމުރުގައި ދަރީން ހޯދުމުގެ ޙައްޤު އަންހެނުންގެ ކިބައިން ނިގުޅައިގަތުމަކީ ޖިންސީ ތަފާތު ކުރުމެއް!" މިސުރުހީގައި ލިޔެފައިވާ ލިޔުން ފާހަގަ ކުރެވެއެވެ. ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ކުލަތަކުގެ ތެރެއިން "ރީނދޫ ކުލަ" އާއި ބެހޭ ލިޔުމަކީވެސް މިޢަދަދުގެ ފާހަގަކޮށްލެވޭ ލިޔުމެކެވެ.

ދިއިސްލާމް މަޖައްލާގެ މިފަހަރުގެ ޢަދަދުގައިވެސް ކިޔުންތެރިންގެ މަޤުބޫލު ކޮލަމްތައްވަނީ ހިމަނާފައެވެ. އެގޮތުން “ޞިއްޙީ މަޢުލުމާތުގެ ވެށި” ކިޔުންތެރިންގެ މަޤުބޫލުކަމެއް ލިބިފައިވާ “އެނގޭތަ” ކޮލަމްއާއި ތުއްތު ކުދިންގެ މަޤުބޫލުކަން ލިބިފައިވާ ކޮއްކޮމެންގެ ސަފްހާ އާއި “ސުފުރާ” ކޮލަމް މިފަހަރުގެ ޢަދަދުގައި ހިމެނެއެވެ. މިފަހަރުގެ ޢަދަދުގައިވެސް ރާއްޖެއާއި އިސްލާމީ ދުނިޔެއާއި ގުޅުން ހުރި ޚަބަރުތައް ވަނީ ހިމަނާފައެވެ.

ދިއިސްލާމް މަޖައްލާއަކީ އޭޕްރީލް 7، 2011 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި ރެޖިސްޓްރީ ކުރެވިގެން މަހަކު އެއްފަހަރު ނެރެމުންދާ މަޖައްލާއެކެވެ. މިމަޖައްލާއަކީ ތަފާތު ދާއިރާތަކުގެ ގިނަގުނަ މަޢުލޫމާތުތަކުން މުއްސަނދިކުރެވިފައިވާ ޢާއިލީ މަޖައްލާއެކެވެ. މަޖައްލާގެ ފުރަތަމަ ޢަދަދު ނެރެފައި ވަނީ ޖޫން 1، 2011 ގައެވެ.

ދިއިސްލާމް މަޖައްލާގެ އަގަކީ 15 ރުފިޔާއެވެ. ދިއިސްލާމް މަޖައްލާ މާލޭގެ ބޮޑެތި ބުކްޝޮޕްތަކުން ލިބެން ހުންނާނެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. އެބަރަނގަޅުވޭ. ދެންމަޖައްލާއެއްގަ އިލޫމިނާޓީއާ ސްކަލްއެންޑްބޯންސް ވެސް ގެނެސްދޭން ފެނޭ. މިގައުމުގަވެސް މީގެ ޕަޕެޓުން މިހާރުއުޅޭ.

Your email address will not be published. Required fields are marked *