ރާއްޖޭގެ ޚަބަރު

އޯލެވެލް އަދި އެސްއެސްސީ އިމްތިހާން ފަށައިފި

2013 ވަނަ އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާން މިއަދު ހެނދުނު ފަށައިފި އެވެ.

މިއަދު ހެނދުނު 9:00 ގައި ފެށުނު މިއަހަރުގެ އޯލެވެލް އިމްތިހާނު ރާއްޖޭގެ 196 ސްކޫލެއްގައި ހަދާނެއެވެ. އަދި އަމިއްލަ ގޮތުން 54 ސެންޓަރެއްގައި ވެސް މި އިމްތިހާން ކުރިއަށް ދާނެއެވެ. މިއަހަރު ޖީސީއީ އޯލެވެލް އިމްތިހާނުގައި ރާއްޖެއިން ޖުމްލަ 8200 އަށް ވުރެން ގިން ކުދިން ބައިވެރިވެފައި ވެއެވެ.

މި އިމްތިހާނުގެ ޓައިމް ޓޭބަލުގައިވާ ގޮތުން އެ އިމްތިހާނު އޮންނާނީ މިމަހުގެ 5 އިން ނޮވެމްބަރު މަހުގެ 19 ގެ ނިޔަލަށެވެ. އިމްތިހާނު ފެށުމުގެ ގޮތުން މިއަދު އޮތީ އިސްލާމިކް ސްޓަޑީސް އެވެ.

މިއަހަރު އިމްތިހާނާއި ކުރިމަތިވިއިރު ރާއްޖެ މިވަނީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހަލަނބޮލިވެފައެވެ. އެހެން ކަމުން އިމްތިހާނުގައި ބައިވެރިވި ކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް އެންމެހާ ސިޔާސީ ފަރާތްތަކަށް ގޮވާލައްވާ ރައީސުލް ޖުމްހޫރިއްޔާ މިއަދު ވަނީ ނޫސް ބަޔާނެއްވެސް ނެރުއްވާފައެވެ.

މި ނޫސްބަޔާނުގައި އަޅުގަނޑުމެންނަށް ލިބިފައިވާ މިނިވަން ކަމުގެ ބަދަލުގައި އެހެން ބައެއްގެ ޙައްޤުތަކަށް އަރައިގަނެގެން ނުވާނެ ކަމަށާއި އަދި ޚާއްސަ ގޮތެއްގައި ކިޔަވާކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ގޮވާލައްވާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *