ރާއްޖޭގެ ޚަބަރު

ޤާރީކޯސް ސެޓްފިކެޓް ލެވެލް 2 ގައި ބައިވެރިމުމުގެ ފުރުސަތު ހުޅުވާލައިފި

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ފެށުމަށް ހަމަޖެހިފައިވާ ޤާރީކޯސް ސެޓްފިކެޓް ލެވެލް 2ގައި ބައިވެރިމުމުގެ ފުރުސަތު ހުޅުވާލައި ފޯމު ދޫކުރަން ފަށައިފިއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހާމަކުރާ ގޮތުގައި 6 އޮކްޓޫބަރު 2013 ގައި ފެށުމަށް ހަމަޖެހިފައިވާ އަދި 4 މަސް ދުވަހުގެ މުއްދަތަކަށް ކުރިއައްދާ މި ކޯހުގެ ޝަރުތުތަކަކީ ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1 ހަދާފައިވުންކަމަށެވެ.

މިކޯހުގައި ބައިވެރިވުމަށް އެދޭފޯމު 24 ސެޕްޓެންބަރު 2013 ވާ އަންގާރަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ 9.00 ން ފެށިގެން 14.30 އަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 01 އޮކްޓޫބަރު 2013 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ އަދި އައިޑީކާޑުގެ ކޮޕީއާއެކު މިމަރުކަޒަށް ހުށަހެޅުއްވުން އެމަރުކަޒުން އެދެއެވެ.

165 ދަރިވަރުންގެ ޖާގާ ފެށުމަށް ހަމަޖެހިފައިވާ މި ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ ކުރިމަތިލާފައި ތިބި ދަރިވަރުންގެ ތެރެއިން ލެވެލް 1 ގައި އެންމެ މަތިން މާކްސް ހޯދާފައިވާ ދަރިވަރުންނަށްކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހާމަކުރެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *