ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބާއްވަން އުޅުން ޢަޤީދާ ވޯކްޝޮޕް ފަސްކޮށްފިއެވެ.
ޖަމިއްޔަތުއްސަލަފުން މިއަދު ހާމަކުރި ގޮތުގައި "މިމަހު 29 އިން 31 އަށް އެޖަމިއްޔާއިން ބާއްވަން ނިންމާފައިވާ ޢަޤީދާ ވޯކްޝޮޕް އެހެން ތާރީޚަކަށް ފަސްކޮށްފައިވާކަމަށާއި ވޯކްޝޮޕް ފަސްކޮށްފައިވަނީ ކޯހުގައި ބައިވެރިވުމަށް ކުޑަ މުއްދަތެއް ދެވުމުގެ ސަބަބުން ބޭނުންވާ ޢަދަދަށް މީހުން ބައިވެރިވެފައި ނުވާތީ"ކަމަށެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ޚާއްޞަކޮށްގެން ރޭވި މި ވޯކްޝޮޕް ދެން އޮންނާނީ ސެޕްޓެމްބަރު މަހު ފަހުކޮޅުގައިކަމަށްވެސް ޖަމިއްޔަތުއްސަލަފުން ހާމަކުރެއެވެ. "ވޯކްޝޮޕް އާއިބެހޭ ކަންތައްތައް މުޅިން ހަމަޖެހެމުން ތާރީޚު އިޢުލާނު ކުރެވޭނެ"ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.
ހުޅުމާލޭގައި ހުންނަ ލާލޭ އިންޓާރނޭޝަނަލް ސްކޫލުގައި ބާއްވަން އުޅުނު 3 ދުވަހުގެ މި ވޯކްޝޮޕާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޖަމްޢިއްޔަތުއްސަލަފުގެ އެޑްމިން (9965666) އާއި ގުޅުއްވުމުން ސާފުވާނެކަމަށްވެސް އެޖަމިއްޔާއިން ހާމަކުރެއެވެ.

















ޚިޔާލު