މިސްރުގައި މުޒާހަރާ ކުރަމުންދަނީ ޓެރަރިސްޓުންނެއް ނޫންކަމަށް ޑރ މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވީ ހަޤީޤީ ޓެރަރިސްޓުންނަކީ މިސްކިތްތައް އަންދާލި އަނިޔާވެރި ވެރިންކަމަށެވެ. "މިސްރުގައި މުޒާހަރާ ކުރަމުންދަނީ ޓެރަރިސްޓުންނެއް ނޫން. ހަޤީޤީ ޓެރަރިސްޓުންނަކީ މިސްކިތްތައް އަންދާލާ، މީހުންގެ ބޮލަށް ބަޑިޖަހާ މަރާ، އެމީހުންގެ ހަށިގަނޑުތައް އަންދާލި އަނިޔާވެރި ވެރިން"ކަމަށެވެ،
"ހަޤީޤީ ޓެރަރިސްޓުންނަކީ މިސްރުގައި އޮތް އިސްލާމީ ސަރުކާރު ވައްޓާލި މީހުން. އިންސާނީ ތާރީޚް ނުދެކޭފަދަ އަނިޔާވެރި ޢަމަލުތައް ހިންގަމުންދާ މީހުން."ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. އިތުރަށް އިސްލާމިކް މިނިސްޓަރ ވިދާޅުވީ "އެޢަމަލުތައް ދުނިޔެއިން ދަނީ ކުށްވެރި ކުރަމުން"ކަމަށާއި "އީ ޔޫ އިންނާއި ޔޫއެން ގެ ސެކިއުރިޓީ ކައުންސިލް އިންވެސްވަނީ ކުށްވެރި ކޮށްފައި"ކަމަށެވެ.
ކުރީގެ ރައީސް މައުމޫނުގެ ވާހަކައަށް ރައްދު ދެމުން ޑރ ޝަހީމް ވިދާޅުވީ "މިސްރުގެ ރައްޔިތުން މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ވަނިކޮށް، މިސްރުން ކިޔަވާފަ ތިބި ބޭފުޅުން މިސްރުގެ ރައްޔިތުންނަކީ ޓެރަރިސްޓުން ކަމުގައި ސިފަކުރެއްވުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން"ކަމަށާއި "މިކަމާމެދު އިންތިހާއަށް ހިތާމަކުރާ"ކަމަށެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ގައްޔޫމު ވިދާޅުވެފައިވަނީ "މިސްރުގެ ވަގުތީ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް ހިންގަން ތިބީ އަރަބި އެހެން ގައުމުތަކުގެ ހައްދުފަހަނައަޅާފައިވާ މީހުން"ކަމަށެވެ.

















މައުމޫނު ޓެރަރިސްޓުންނޭ ބުނަނީ ކޮން ބަޔަކައްތޯ ސާފުކޮށް ބުނަންވެއްޖެ. އެއީ މުސްލިމުން ދިމާލަށް މައުމޫންު ބުނިއެއްޗެއްތޯ ނޫނީ އެހެން ބަޔަކާއި ދިމާލަށް ބުނިއެއްޗެއްތޯ.