ރާއްޖޭގެ ޚަބަރުދިއިސްލާމް

ސީއެޗްއެސްއީގެ 4 ވަނަ އިންޓަރ ހައުސް ޤުރުއާން މުބާރާތް ފަށައިފި

 

ސެންޓަރ ފޮރ ހަޔަރ ސެކްންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ 4 ވަނަ ޤުރުއާން މުބާރާތް މިދިޔަ ހުކުރު ދުވަހު ފަށައިފިއެވެ.

ބަލައިގެން ކިޔުމުގެ ބައި އަދި ހިތުން ކިޔުމުގެ ބައި ހިމެނޭ ގޮތަށް ހުކުރު ދުވަހު ފެށި މި މުބާރާތުގައި ޖުމްލަ 96 ދަރިވަރުން ބައިވެރިވާކަމަށް މި މުބާރާތް އިންތިޒާމް ކުރި އިސްލާމިކް ފޯރަމް އޮފް ދި ސީ އެޗް އެސް އީ ( އައިއެފް) އިން ހާމަކުރެވެ.

އައިއެފް އިން ހާމަކުރާގޮތުގައި މިފަދަ މުބާރާތެއް ބޭއްވުގެ މަޤްޞަދަކީ ކުދިންގެ ހިތުގައި ކީރިތި ޤުރުއާނަން ލޯބިއިތުރުކޮށް،ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވާ އާލާކޮށް އަދި ކުދިންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކުރުމެވެ.

މީގެއިތުރުން މި މުބާރާތް ބޭއްވުމަށް ސްކޫލްގެ މެނޭޖްމެންޓާއި، މުދައްރިސުން، ސްކޫލްގެ އެކްސޯ އަދި ވޮލަންޓިއަރކޮށް މަސައްކައްކޮށްދެއްވާ ދަރިވަރުން ވެދެއްވި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާކަމަށް އިސްލާމިކް ފޯރަމްގެ ރައީސް އަޝްރަފް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *