ރާއްޖޭގެ ޚަބަރު

ރައީސް ވަހީދަކީ ލާދީނީ ފިކުރު ޖީބަށް ލައިގެން ހިންގަވާ ބޭފުޅެއް: މާޒް

ޤައުމައިގެން ކުރިޔަށް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުއަކީ ލާދީނީ ފިކުރު ޖީބަށް ލައިގެން ހިންގަވާ ބޭފުޅެއް ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރ އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ”ރައީސް ވަހީދުގެ ދަރިން އަޅުގަނޑުމެންނަށް ފެނޭ ލާދީނީ ފިކުރަށް ތަބާވެގެން އުޅޭ މަންޒަރު ވީޑިއޯތަކުން އެބަފެނޭ ޝޯޝަލް މީޑިއާތަކުގައި އެބަހުރޭ، ރައީސް ވަހީދަކީ ލާދީނީ ފިކުރު ޖީބަށް ލައިގެން ހިންގަވާ ބޭފުޅެއް. ދެން ކިހިނެއްތޯ ގައުމުގައި ކަންތައްތައް ރަގަޅު ކުރާނީ." ސަލީމް ވިދާޅުވިއެވެ.

މާޒް ސަލީމް އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔޭގެ އިސްތަށިފުޅުގައި ޒިންމާތައް އެޅުވިފައިވާ މިންވަރާއި ގާތަށް ވެސް ވަހީދަކަށް މަސައްކަތެއް ނުކުރެއްވޭކަމަށާއި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅެއްގެ އަނގައިގައި ދަތް ހުންނަންޖެހޭ، ބުރަކަށީގައި ބަދަ ހުންނަންޖެހޭނެ. އެފަދަ ބޭފުޅަކަށް ވަހީދު ނުވީމަ ގައުމުގައި ހުރިހާ ދިމާލެއްގައި ހުރިކަންތައްތައް ބޮއްސުން ލަމުން މިދަނީ.” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އަދާލަތު ޕާޓީ ކޯލިޝަނުން ވަރަށް އަވަހަށް ވަކިވާނެ ކަމަށާއި، ވަހީދުގެ އަމަލުތައް ހުންނަ ގޮތުން ހެޔޮވިސްނޭ ޕާޓީއެއް ވަހީދުގެ ފަހަތްޕުޅުގައި ނުތިބޭނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *