ރާއްޖޭގެ ޚަބަރު

"ފައި ކައްސާލުން" ނަމުގައި މިރޭ ފޯރަމެއް ބާއްވަނީ

"ފައި ކައްސާލުން" ނަމުގައި މިރޭ ފޯރަމެއް ބާއްވަން ހަމަޖެހިއްޖެއެވެ.

ދިއިސްލާމްއަށް ޚަބަރު ލިބިފައިވާ ގޮތުގައި މިރޭ ބާއްވާ ޙާއްސަ ފޯރަމް އަކީ ޖަމުޢިއްޔަތުއް ސަލަފުގެ އެހީތެރިމާއިއެކު މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުން އިންތިޒާމް ކުރާ ފޯރަމެއް ކަމަށާއި ފޯރަމް އޮންނާނީ 23 ޖޫން 2013 ދުވަހުގެ ރޭގަނޑު 9 އިން 10 އަށް ކަމަށެވެ. ފޯރަމް އޮންނާނީ ޒުވާނުންގެ މަރުކަޒުގެ ސެމިނާރ ރޫމްގައިކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިފޯރަމްއަށް ވީހާވެސް ގިނަ އަޚުންނާއި އުޚުތުން ވަޑައިގަތުމަށް ފޯރަމް އިންތިޒާމް ކުރާ ފަރާތުން އިލްތިމާސްކުރައްވައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *