ރާއްޖޭގެ ޚަބަރު

ރަމްޟާން މަހަށް ޢަދާލަތު ޕާރޓީގެ ފަރާތުން، 34 ޙާފިޡުން ރާއްޖެ ގެންނަނީ

ރަމްޟާން މަހު އިމާމުވެ ތަރާވިޙް ނަމާދު ކުރުމަށާއި ހިފުޘުކުރުމަށް ޢަދާލަތު ޕާރޓީގެ ފަރާތުން، 34 ޙާފިޡުން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް އެޕާރޓީއިން ބުނެފިއެވެ.

ޢަދާލަތު ޕާރޓީގެ ވެބްސައިޓްގައި ހާމަކޮށްފައިވާގޮތުން، ޢަދާލަތު ޕާޓީން އަދާކުރަމުންދާ އިޖުތިމާޢީ ޒިންމާގެ ދަށުން މިއަހަރު ރަމްޟާން މަހުވެސް އަތޮޅުތެރޭގެ ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ތަރާވިޙް ނަމާދު ކުރުމަށާއި ހިފުޘުކުރުމަށް ޢަދާލަތު ޕާޓީގެ ފަރާތުން 34 ޙާފިޘުން ރާއްޖެ ގެނައުމަށްވަނީ ހަމަޖެހިފައިކަމަށާއި އަދި މިކަމަށް އެދޭ ފަރާތްތަކުން ޙާފިޡުން ބޭނުންވާ ކަމަށް އެދި ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ސިޓީ ހުށަހެޅުމަށް އެ ޕާރޓީއަށް އެދުމަށް ޢިޢުލާންކޮށްފައި ވާނެކަމަށެވެ.

"ޢަދާލަތު ޕާޓީގެ ފަރާތުންވަނީ މިކަމަށް އެދޭ ފަރާތްތަކުން ޙާފިޡުން ބޭނުންވާ ކަމަށް އެދި ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ސިޓީ ހުށަހެޅުމަށް ޢިޢުލާންކޮށްފައި. އެހެންކަމުން ޙާފިޡުން ގެނައުމަށް ހަމަޖެހިފައިވަނީ އެމުއްދަތުގައި އެދި ފައިސާ ދައްކާފައިވާ ފަރާތްތަކަށް" ޢަދާލަތު ޕާރޓީގެ ވެބްސައިޓްގައި ހާމަކޮށްފައިވެއެވެ.

މިއީ ޢަދާލަތު ޕާޓީގެ ފަރާތުން ރަށްރަށުގައި އިމާމުވެ ތަރާވީޙް ނަމަދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡުން ގެންނަ ފަސް ވަނަ އަހަރެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *