މުދަލު ޒަކާތް މާދަމާ ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ހާމަކުރި ގޮތުގައި "މުދަލު ޒަކާތް މާދަމާ ބަހަން ފަށާނެ. މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އަކުން 15:00 އަށް" ކަމަށާއި މުދަލު ޒަކާތް ބަހާނީ "އިސްލާމިކް މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި"ކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.
މި އަހަރުގެ މުދަލު ޒަކާތައް އެދި 61840 މީހަކު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެއީ މާލެއިން 11149 މީހުންނާއި އަތޮޅުތެރެއިން 50691 މީހުންނެވެ.
މިއަހަރުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް ބަހަން ނިންމާފައިވަނީ 450 ރުފިޔާއެވެ.

















ޚިޔާލު