ރާއްޖޭގެ ޚަބަރު

ރައީސް ވަހީދުގެ ރަނިން މޭޓަކަށް ތަސްމީން!

ފޮޓޯ: ހަވީރު

މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް މުހަންމަދު ވަހީދުގެ ރަނިން މޭޓަކަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް ވަހީދުގެ ރަނިން މޭޓް އިއުލާންކުރެއްވުމަށް ޓްރޭޑާސް ހޮޓެލްގައި ބޭއްވި މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަޙީދު ވިދާޅުވީ، ތަސްމީނަކީ ބައެއް އެހެން ސިޔާސީ ބޭފުޅުންހެން އަމިއްލަފުޅަށް ވެސް ނުކުމެވަޑައިގެން ހަމަ ގޮތް ދޫނުކުރައްވައި މަސައްކަތް ކުރެއްވިދާނެ ބޭފުޅެއްކަމަށާއި އެހެން ނަމަވެސް ތަސްމީނުގެ އިތުރުން އޭނާގެ ފަހަތްޕުޅުގައި ތިއްބެވި އިހުލާސްތެރި މީހުން ގަސްދުކުރީ ގައުމުގެ މަސްލަހަތަށްޓަކައި އެންމެ ރަނގަޅު ގޮތަކީ އެންމެން ގުޅިގެން މަސައްކަތް ކުރެއްވުން ކަމަށެވެ.

މި ރަސްމިއްޔާތުގައި "ޤައުމައިގެން ކުރިޔަށް" ކޯލިޝަންގެ ހަތަރު ޕާޓީ ކަމަށްވާ ގައުމީ އިއްތިހާދާއި ޑީއާރުޕީ އާއި އަދާލަތު ޕާޓީ އަދި ގައުމީ ޕާޓީން ވެސް ބައިވެރިވި އެވެ. އެހެން ނަމަވެސް އަދާލަތު ޕާޓީ ތަމްސީލުކުރެއްވީ އެ ޕާޓީގެ ނާއިބު ރައީސް މުހަންމަދު ދީދީ އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަބުދުﷲ މުއްތަލިބް އެކަންޏެވެ.

ވަހީދުގެ ކެމްޕެއިން ސްލޯގަނަކީ "ގައުމައިގެން ކުރިއަށް" އެވެ.

ރައީސް ވަހީދުގެ ރަނިން މޭޓްކަން ތަސްމީން ދެއްވާފައިވާއިރު ތަސްމީނަކީ 2008ގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމްގެ ރަނިން މޭޓުންގެ ގޮތުގައި ނިކުންނެވި ބޭފުޅާއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *