ފަލަތީނުން ރާއްޖެ އަށް ޑޮކްޓަރުންނާއި ޓީޗަރުން ދާއިމީ ގޮތަކަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އަކަމާ ގުޅޭ ގޮތުން، އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާ ކުރެއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ބައިތުލްމަގްދިސްއާ ބެހޭ ހަތަރުވަނަ ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވުމަށް ފަލަސްތީނަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުންނާއި ފަލަތީނަށް ކުރެއްވި ރަސްމީދަތުރުފުޅާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ ފަލަސްތީނުން ރާއްޖެ އަށް ކައިރި މުސްތަގުބަލެއްގައި ގާތްގަނޑަކަށް ހަ ޝުޕެލިސިސްޓް ޑޮކްޓަރުން ރާއްޖެ އަށް ފޮނުވަދެވިދާނެ ކަމަށް ފަލަސްތީނު ސަރުކާރުން ބުނެފައިވާކަމަށާއި އިތުރަށް ވިދާޅުވީ އަންނަ އަހަރަށް ޑޮކްޓަރުންގެ އިތުރުން ޓީޗަރުންވެސް ފޮނުވައިދެއްވާނެ ކަމަށް ފަލަސްތީން ސަރުކާރުން ބުނެފައިވާކަމަށެވެ.
ރައީސް ވަޙީދު އިތުރަށް ވިދާޅުވީ، ޓީޗަރުންގެ ގޮތުގައި ގެންނަން ބޮޑަށް އަމާޒު ކުރަނީ ހިސާބާއި ސައިންސް އަދި އަރަބި ކިޔަވައިދޭ މީހުންކަމަށާއި އަދި ޑޮކްޓަރުންގެ ގޮތުގައި ގެންނަން މަޝްވަރާ ކުރެއްވީ އެކިއެކި ބަލިތަކަށް ހާއްސަ މީހުން ކަމަށެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ހެލްތު މިނިސްޓްރީއާ މަޝްވަރާ ކުރައްވާފައި ނޫނިއްޔާ ޑޮކްޓަރުން ގެންނާނެ ދާއިރާތައް ކަނޑައަޅުއްވަން ދަތިވާނެ ކަމަށެވެ. އެހެން ނަމަވެސް ލިބިވަޑައިގެންފައިވާ މައުލޫމާތުތަކަށް ބުރަވެ ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުގައި ދެންނެވީ އަންހެނުންނާއި ކުޑަކުދިންގެ ބަލިތައް އަދި އެތެރެ ހަށީގެ ޑޮކްޓަރުން ހޯއްދެވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

















ޚިޔާލު