ރާއްޖޭގެ ޚަބަރު

ކޯލިޝަނަކުން ވަކިއެއް ނުވަން: އަދާލަތު

ރައީސް ވަހީދާއެކު ކޮލިޝަން ހެދުމަށް ނިންމުމަށް ފަހު އަދާލަތު ޕާޓީގެ ރައީސް މީޑިއާ އާ ބައްދަލުކުރަނީ | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

ރައީސް ޑރ. ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ކޯލިޝަނުން، އަދާލަތު ޕާޓީ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް އެޕާޓީން ދޮގުކޮށްފިއެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަބުދުﷲ ހުމައިދު އާ ހަވާލާދީ އޮންލައިން ނޫސް ސީއެންއެމްއިން ހާމަކުރާގޮތުގައި، ކޯލިޝަނުން އަދާލަތު ވަކިވި ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށާއި އެއި އެކަމަށް އެދި އެދި ތިބި ބަޔަކު ހަގީގަތް އޮޅުވާލުމަށް ކުރާ މަސައްކަތެއްކަމަށެވެ. އަދި އެފަދަ މައްސަލައެއް ކޯލިޝަނާ އެކު މިހާތަނަށް ޖެހިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އިތުރަށް ވިދާޅުވީ ރޭ ގައުމީ އިއްތިހާދުން ބޭއްވި ޖަލްސާގައި އެޕާޓީގެ އިސް ފަރާތްތަކަށް ބައިވެރި ނުވެވުނީ ޕާޓީގެ މަސައްކަތްތަކެއްގައި ބުރަކޮށް އުޅެން ޖެހުމުން ކަމަށެވެ.

ރައީސް ޑރ. ވަހީދާ އެކު އެންމެ ފުރަތަމަ ކޯލިޝަން ހަދަން ނިންމާފައިވަނީ އަދާލަތުޕާރޓީއެވެ. އޭގެ ފަހުން، ގައުމީ ޕާޓީންނާއި ޑީއާރުޕީން ވެސް ވަނީ ރައީސް ޑރ. ވަހީދާ އެކު ކޯލިޝަން ހަދަން ނިންމާފަ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *