އިމާމްވެ ހުކުރުކުރުމުގެ ހުއްދަ ނަންގަވަން ބޭނުންވާ ބޭފުޅުންނަށް އައްޑޫސިޓީގައި ތިއްބަވައިގެން އެހުއްދަ ނެންގެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވީ މާލެ ވަޑައިނުގަނެ، އައްޑޫސިޓީގައި ތިއްބަވައިގެން ހުކުރުކުރެއްވުމުގެ ހުއްދަ ނެންގެވުމަށް ބޭނުންވާ ބޭފުޅުން އިމްތިޙާނުކުރެއްވުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އައްޑޫއަށް ނިސްބަތްވާ 04 ދީނީ ޢިލްމުވެރިން ކަމުގައިވާ އައްޝައިޚް ޙަސަން ލަޠީފާއި، އައްޝައިޚް މުޙައްމަދު އަނީލާއި، އައްޝައިޚް ޢަބްދުއްޞަމަދު އަދި އައްޝައިޚް ޢަބްދުﷲ ޞިއްދީޤް އެވެ.
މި ކޮމިޓީން އިމާމްވެ ހުކުރުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތައް އިމްތިޙާނުކުރުމަށް ފަހު، އިސްލާމިކް މިނިސްޓްރީ އަށް ނަތީޖާ ފޮނުވުމުން، އެ ނަތީޖާ އަށް ބެއްލެވުމަށް ފަހު، އައްޑޫސިޓީ ކައުންސިލް މެދުވެރިކޮށް ހުކުރުކުރުމުގެ ހުއްދަ ހުއްދަ މިނިސްޓްރީން ދޫކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.

















ޚިޔާލު