ޑރ. އަފްރާޝީމު އަވަހާރަކޮށްލި ކަމަށް އެއްބަސްވި ހ. ލޮބީ ހުސައިން ހުމާމް، އެކަން ރާވާ ހިންގި ކަމަށް ޝަރީއަތުގައި ނަން ހާމަކޮށްފައިވާ ތިން މީހުންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ހުސައިން ހުމާމް، އެކަން ރާވާ ހިންގި ކަމަށް ޝަރީއަތުގައި ނަން ހާމަކޮށްފައިވާ އަބްދުﷲ ޖާވިދު (ޖާ) އާއި އޭނާގެ ބޭބެ ޖަނާގެ އިތުރުން ސިފައިންގެ މީހާގެ ޕާސްޕޯޓް އިމިގްރޭޝަންއިން ހިފަހައްޓާފައިވަނީ ފުލުހުން އިމިގްރޭޝަންގައި އެދުމުންނެވެ.
އިމިގްރޭޝަން ކޮންޓޯލާ ޑރ، މުޙައްމަދު އަލީ ވީނިއުސްއަށް ވިދާޅުވީ، އަފްރާޝީމު އަވަހާރަކޮށްލި މައްސަލައިގައި އަބްދުﷲ ޖާވިދު (ޖާ) އާއި އޭނާގެ ބޭބެ ޖަނާގެ އިތުރުން ސިފައިންގެ މީހާގެ ޕާސްޕޯޓް ހިފަހައްޓައި ދިނުމަށް ފުލުހުން މިއަދު އެދިފައިވާ ކަމަށާއި އެކަން ކޮށްދިނުމަށް ފުލުހުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ކަމަށެވެ.
ފުލުހުން ބުނެފައިވަނީ، އަފްރާޝީމުގެ މައްސަލައިގައި ތުހުމަތުކުރެވޭ ބައެއްގެ ޕާސްޕޯޓު ހިފެހައްޓަން އިމިގްރޭޝަނުގައި އެދިފައިވާނެ ކަމަށާއި އެހެން ނަމަވެސް އެއީ ކިތައް މީހުންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޝަރީއަތުގެ އަޑުއެހުމުގައި ހުމާމް ބުނެފައިވަނީ އަފްރާޝީމް މަރާލީ އޭނާ އާއި ޝާން އާއި މި މައްސަލައިގައި ހައްޔަރުކުރި ކުޑަކުއްޖާ ބައިވެރިވެގެންނެވެ. އަދި އަފްރާޝީމު މަރާލުމުގެ ކަންތައް ރޭވީ އެމައްސަލާގައި ހައްޔަރުކުރި ސިފައިންގެ މީހެއްކަމަށްވާ އަޒުލިފް ރައޫފު ކަމަށާއި އެކަމަށް ފައިސާ ދޭނެކަމަށް ބުނީ އަބުދުﷲ ޖާވިދާއި އޭނާގެ ބޭބެ ޖަނާ ކަމަށް އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމު ވަނީ ބުނެފަ އެވެ.
އަފްރާޝީމް މަރާލީ ހަތަރު މިލިއަން ރުފިޔާއަށް ކަމަށާއި ނަމަވެސް އެ ފައިސާ މުޅިން ނުލިބޭ ކަމަށް ހުމާމް ޝަރީއަތުގައި ބުންޏެވެ. އޭނާ ބުނީ އެފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާ އެޑްވާންސްކޮށް ލިބިފައިވާ ކަމަށް އަޒްލީފް އޭނާ ކައިރީގައި ބުނެފައިވާ ކަމަށެވެ.

















ޚިޔާލު